އެވިޑް ކޮލެޖުން އާޓްސް އެންޑް ލިޓަރޭޗަރގެ ނަމުގައި ފެކަލްޓީއެއް އުފައްދައި، އެ ފެކަލްޓީގެ ޑީން އަކަށް އަޝްރަފް އަލީ ހަމަޖައްސައިފިއެވެ.
މިއަދު ހެނދުނު، އެކަމަށްޓަކައި އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވެވި ރަސްމިއްޔާތުގައި އަޝްރަފް ޢަލީއަށް ޑީންގެ މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވެވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ.
އެކަމާ ގުޅިގެން އަޝްރަފް ވިދާޅުވީ އޭނާ މިހާތަނަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ބަލައިގަނެ، އެފަދަ މަގާމެއް ދެއްވިކަމަށްޓަކާ އުފާކުރައްވާ ކަމަށާއި، ގާބިލިއްޔަތުކަން ހުރި މިންވަރަކުން އެ މަގާމުގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމަށެވެ.
އަޝްރަފް އަކީ ދިވެހި ބަސް އުނގަންނައިދިނުމުގައި އިސްތާޒެއްގެ ގޮތުން އުޅުއްވާ ބޭފުޅެކެވެ.
އަދި ދިވެހި ބަހުގެ އެކެޑަމީގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު މަގާމުގެ ދައުރު ހަމަވުމުން އެ މަގާމަށް މިހާރު ވަނީ އެހެން ބޭފުޅަކު އައްޔަންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!