ހދ. ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަރެކްޝަނަލް ސެންޓަރާ ގުޅޭގޮތުން ދާއިރާގެ މެމްބަރު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ސުވާލުކުރުމަށް ހުށަހަޅުއްވައިފިއެވެ.

ހދ. ނޭކުރެންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ނޭކުރެންދޫ ކަރެކްޝަން ސެންޓަރާ ގުޅިގެން މިނިސްޓަރ އިމްރާން އާ ތިން ދުވާލެއް ކުރިމަތިކުރައްވާފައެވެ.

Ad
rt

އެގޮތުން އެ ސެންޓަރުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ އާއި، އެތަނުގެ މަސައްކަތާ ގުޅޭ ހުރިހާ މައުލޫމާތެއް މެމްބަރަށް ދިނުމަށް ވެސް އެދިފައިވެއެވެ.

މީގެ އިތުރަށް އެ ސެންޓަރު އެޅުމަށް ކޮންމެ އަހަރަކު ވެސް ބަޖެތުގައި ވަކި ވަރެއް ހިމަނާކަން ފާހަގަކޮށް، އެ ބަޖެޓުން މިހާތަނަށް ކުރީ ކޮން މަސައްކަތެއްތޯ ސާފުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

މެމްބަރު ރާއީ ހުށަހެޅުއްވީ މި ސުވާކުތަކުގެ ޖަވާބު ލިޔުމުން ހޯދުމަށެވެ.

ހދ. ނޭކުރެންދޫގައި ގާއިމްކުރަން ނިންމާފައިވާ ކަރެކްޝަން ސެންޓަރުގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ފެށޭނެ ކަމަށް މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އަދި އެތަނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުގައި ވެސް ހިމެނޭ ތަނެކެވެ.