ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީ ވަފުދެއް ރާއްޖެއަށް
ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީގެ ވަފްދެއް ރާއްޖެ ވަޑައިގެންފިއެވެ. ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މަޝްވަރާތަކަށް ރާއްޖެ ވަޑައިގެންފައި ވަނީ ރާއްޖެ ވަޑައިގެންފައިވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑާ ސެކްރެޓަރީ އައްވާދު ސަބްތީ އަލެނެޒީ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، ޕްލޭނިންގ މިނިސްޓްރީގެ އިތުރުން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހާއި އެކު މާދަމާ މ...