ފިއްލަދޫ ސްޕޯޓްސް އެކެޑަމީގެ ޔޫތު ޑިވެލޮޕްމަންޓު ޕްރޮގްރާމް ފަށައިފިއެވެ.

ހަ އަހަރާއި 13 އަހަރާ ދެމެދުގެ ޖުމްލަ 60 ކުދިންނާއި އެކު މިއަދު ފެށި މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަންއެވެ.

Ad
rt

އެކަޑަމީން ބުނިގޮތުގައި މި ޕްރޮގްރާމްގެ މިއަދުގެ ސެޝަންތައް ނަގައިދިނީ ދިއްދޫގެ ކޯޗު އަހުމަދު ޝަފީގެވެ. އަހުމަދު ޝަފީގަކީ ސީ ލައިސަންސް ކޯޗެކެވެ.

ފިއްލަދޫ ޔޫތު ޑެވެލޮޕްމަންޓް އެކަޑަމީން ފެށި މި ޕްރޮގްރާމުގެ ޓްރެއިނިން ސެޝަންތައް ކުރިއަށްގެންދަން ހަމަޖައްސާފައި ވަނީ ހަފްތާއަކު ތިން ދުވަހުއެވެ.

އަދި އެ ސެޝަންތައް ކުރިއަށްގެންދަނީ ރަށުގައި ތިބި ފުޓުބޯޅަ އަދި ހޭންޑްބޯލް ކުޅުންތެރިންނާއި އެ ކުޅިވަރުތަކުގައި ތަޖުރިބާ ލިބިފައިވާ ޒުވާނުން ކަމަށް އެކަޑަމީން ބުނެއެވެ.

ކުރިއަށް އޮތް ތަނުގައި މި ސެޝަންތަކުގައި ތަޖުރިބާކާރު ކޯޗުންނަށް ބައިވެރިވެވޭނެ ޕރޮގްރާމްތަކެއް ހިންގަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

އެ އެކަޑަމީން ބުނީ އެކަޑަމީގެ އަމާޒަކީ ކުޅިވަރުތަކުގައި ހުނަރުވެރި އަދި ދުޅަހެޔޮ ސިއްހަތެއްގެ ޒުވާން ޖީލެއް ބުނާކުރުން ކަމަށެވެ.