ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާޣެ ކުރިމަތީގައި ހުރެ އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

އެމީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. އޭނާ އާ އެކު އެވަގުތު އިތުރު މީހަކު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް އެމީހާ ވަނީ ޖެހިގެން އައި ދުވަހު ދޫކޮށްލާފައެވެ. ބަންދުގައި ބަހައްޓާފައި ވަނީ އަތުގައި ބޮން އޮތް ކަމަށް ބުނި މީހާއެވެ.

Ad
rt

އޭނާގެ މައްޗަށް ފުލުހުން ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ތުހުމަތާއި، ބިރު ދެއްކުމާއި، ދޮގު ހަބަރު ދިނުމުގެ ތުހުމަތެވެ.

އެކަމަކު އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.