ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހިންގާ އިމާރާތުގެ ފުރާޅުމަތިން އަނެއްކާ ވެސް މީހަކު އަތުލައިގެންފިއެވެ

އާރްޑީސީން ބުނީ އެމީހާ އަތުލައިގަތީ އެތަނުގައި ގާޑުންނަށް ތިބި ދެމީހުން ކަމަށެވެ. އަދި އެއީ ކުރިން މި ހަފްތާ ކުރީކޮޅު އެތަނުން ވައްކަން ކުރި މީހާ ކަމަށާއި، އެކަމަށް އޭނާ އަމިއްލައަށް އެއްބަސްވި ކަމަށް ބުންޏެވެ.

Ad
rt

"ކުރިން ވައްކަން ކުރަން އެރި އިރު އެތަނަށް ދޫވި އަންނައުނުތަކެއް ބަލައޭ ބުނީ މިފަހަރު އެރީ. އަތުގަ ހުރި ސާމާނުތަކެއް ނޭނގެ ކޯއްޗެއް ކަމެއް"

އާރްޑީސީން ވާހަކަދެއްކި އޮފިޝަލު ވިދާޅުވިއެވެ.

މިއީ އާރްޑީސީ ހިންގާ އިމާރާތުން ވައްކަންކުރަން މަސައްކަތްކުރާ ހަތަރުވަނަ ފަހަރެވެ. ރޭ ދަންވަރު ފުރާޅުމަތިން އެމީހާ އަތުލައިގަތް އިރު އޭނާ އެންމެ ފަހުން އެތަނުން ވައްކަންކޮށްގެން ބަންދުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެފަހަރު ގެންދިޔައީ ތިން ޗާޖަރެވެ.

މީގެ ކުރިން މި އަހަރުގެ އޭޕްރިލް މަހުވެސް އެ އޮފީހުން ވައްކަންކޮށްފައިވާއިރު އޭޕްރީލް މަހުގެތެރޭގައި ފަޅާލާ ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވެއެވެ.

އެ މައްސަލާގައި ވެސް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.