އައްޑޫ އަތޮޅުގެ ގުޅިފައިވާ ރަށްތައް މޮނިޓަރިން އަށް ލައިފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާގޮތުގައި މޮނިޓަރިން އަށް ލާފައިވާ 25 ރަށުގެ ތެރޭގައި ސ. ހިތަދޫ، މަރަދޫ، ފޭދޫ، އަދި މަރަދޫ ފޭދޫ ވެސް ވަނީ ހިމަނާފައެވެ. މިއާއެކު މި ހަތަރު އަވަށް ތެރޭގައި ވެސް އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިން އަށް ލާފައިމިވަނީ އެ ރަށްތަކުގައި ކޮވިޑް-19 ފެތުރެމުންގޮސް ކޭސްތައް އިތުރުވާން ފެށުމުންނެވެ.
އެގޮތުން އެއްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މަރަދޫ އިންނެވެ.
އެގޮތުން އެރަށުގައި ޕޮޒިޓިވް 71 މީހަކު ތިބިއިރު، މަރަދޫ ފޭދޫގައި 32، ފޭދޫގައި 19 އަދި ހިތަދޫގައި 29 ކޭސްގެ އިތުރުން ހުޅުދޫގައި އެއް ކޭސް އެބަހުއްޓެވެ. މިއާއި އެކީ އައްޑޫން މިވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 150 އަށްވުރެ މަތީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!