އދ. އޮމަދޫގައި މަސް ފެންގަނޑަކަށް ވެއްޓި 11 މަހުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

އެރަށު ކައުންސިލުން މީޑިއާތަކަށް ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށެވެ.

Ad
rt

ކުއްޖާ ވެއްޓުނީ އެ ކުއްޖާގެ ގޭގައި ހަދާފައިވާ މަސް ފެންގަނޑަކަށް ކަމަށާއި، އެ ފެންގަނޑުގައި ކުއްޖާ އޮއްވާ ފެނުނީ އެގޭގައި އުޅޭ އެހެން މީހަކަށް މެންދުރުފަހު 3:30 ހާއިރު ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ކުއްޖާ ނޭވާ ނުލާތީ، ނޭވާ ލާތޯ ދެ ގަޑި އިރު ވަންދެން މަސައްކަތް ކުރި ކަމަށް ވެސް ބުނެފައިވެއެވެ.