ޔޫއެންޑީޕީގެ ޔޫއެންޑީޕީ ގެ އެސްޖީޕީ ޖެފްގެ ދަށުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (މާ) އަށް ލިބިފައިވާ ޕްރޮޖެކްޓެއްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އޯޓިޒަމް އެސޯސިއޭޝަން އިން ކުރި އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން "އޮޕަރޭޝަންސް އެންޑް މެއިންޓަނަންސް އޮފް ސޯލާރ" ގެ ނަމުގައި މަސް ދުވަހުގެ ކޯހެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. މިކޯހުގައި ތިއަރީ އަދި ޢަމަލީ ތަޖުރިބާގެ ސެޝަންތައް ކުރިއަށްދާނެ ކަމަށް މާ އިން ބުންޏެވެ. .
މިކޯހުގައި ބައިވެރިވާ ފަރާތްތަކަށް ޕޮކެޓްމަނީ އެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.
ކޯހުގައި ބައިވެރިވެލައްވަން ބޭނުންވާ އުމުރުން 18-35 އަހާރާއި ދެމެދުގެ ފަރާތްތައް ކޯހުގައި ބައިވެރިވުމަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު 6 ސެޕްޓެމްބަރ 2021ވާ ހޯމަ ދުވަހުގެ 16:00ގެ ކުރިން ހުށަހެޅުމަށް މާ އިން ވަނީ ހުޅުވާލާފައެވެ. އަދި ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށެވެ.
ކޯހަށް ކުދިން ނަގަން ހަމަޖެހިފައިވަނީ ބައިވެރިވާން އެދި ހުށަހަޅާ ފަރާތްތައް ޝޯޓްލިސްޓުކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!