ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 13 މީހަކު ރަނގަޅުވެއްޖެ އެވެ.

ރާއްޖެއިން ކޯވިޑް 19 ޖެހުނު މީހުންގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ވިދާޅުވެއްޖެއެވެ.

Ad
rt

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ މިހާރު ފަރުވާ ދެމުންދަނީ ދެ ދިވެހިންނަށް އެކަނިކަމަށެވެ.

މިހާރު މިބައްޔަށް ނެގެޓިވް ބަލިމީހުންގެ ގޮތުގައި ތިބީ ފަހުން ނެގެޓިވްވި ދެ ދިވެހިންނެވެ.

ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 17 މީހެއް

  • 7 މާރޗް 2020 ކުރެއްދޫ އިން 2 މީހުން
  • 9 މާރޗް 2020 ބަތަލާ ރިސޯޓުން 2 މީހުން
  • 9 މާރޗް 2020 ކުރެއްދޫއިން އިތުރު 2 މީހުން
  • 11 މާރޗް 2020 ކުރަމަތި ރިސޯޓުން 2 މީހުން
  • 13 މާރޗް 2020 އަނަންތަރާ ދިގު ރިސޯޓުން 1 މީހުން
  • 14 މާރޗް 2020 ކުރެއްދޫއިން 1 މީހުން
  • 15 މާރޗް 2020 އަންނަތާރާ ދިގު ރިސޯޓުން 3 މީހުން
  • 27 މާރޗް 2020 އިގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
  • 27 މާރޗް 2020 ރާއްޖެއިން ފުރައިގެންދިޔަ އިޓަލީ 2 މީހެއް
  • 29 މާރޗް 2020 އިގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް

ކޯވިޑް-19އަށް ރާއްޖެއިން ކުރަމުންދާ ޓެސްޓްތަކާ ގުޅޭގޮތުން ޑރ.މޫސާ މުރާދު ވިދާޅުވީ މިޓެސްޓަކީ ދުނިޔޭގެ އެހެންތަންތަނުގައިވެސް ކުރެވެމުންދާ ޓެސްޓުކަމަށެވެ. އަދި މިޓެސްޓަކީ %95 ޔަޤީން ޓެސްޓެއްކަަމަށްވެސް ޑރ.މުރާދު ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއެކު، ކަމާ ގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދުތައް އަޑުއަހައި އެފަރާތްތަކަށް އެއްބާރުލުން ދިނުމަށް ސަރުކާރުން ގެންދަވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވަމުންނެވެ.