ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޮޕަރޭޝަންގެ ވަގުތު މިއަދުން ފެށިގެން 12 ގަޑިއިރަށް ބަދަލު ކޮށްފިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރުން ކާނޑެއްދޫ އެއާޕޯޓު އަދި ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންގެ ވަގުތު މިއަދުން ފެށިގެން 12 ގަޑިއިރަށް ވަނީ ބަދަލު ކޮށްފައެވެ.

Ad
rt

ޓްރާސްޕޯޓް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، ކޮވިޑް 19 ގެ ޙާލަތާއި ގުޅިގެން ފްލައިޓް ޙަރަކާތްތައް ވަރަށް ބޮޑަށް މަދުކޮށް ހަމައެކަނި ދުވާލުގެ ވަގުތުތަކަށް ބަދަލުކޮށްފައިވާތީ، ރީޖަނަލް އެއަރޕޯޓްސްގެ ފަރާތުން ހިންގާ އެއަރޕޯޓް ތަކުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތް ދެމުންގެންދާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ކާޑެއްދޫ އެއަރޕޯޓް އަދި ފުވައްމުލަކު އެއަރޕޯޓްގެ ޚިދުމަތްދޭ ވަގުތު 01 އޭޕްރިލް 2020 އިން ފެށިގެން ދުވާލު 06:00 އިން 18:00 އަށް ވަނީ ބަދަލުކުރެވިފައެވެ.

އެމިނިސްޓްރީއިން އިތުރަށް ބުނީ މެޑިކަލް އިވަކުއޭޝަން ފަދަ ޚާއްސަ ޙާލަތަކާއި ގުޅިގެން ރޭގަނޑުގެ ވަގުތު ފްލައިޓް ޙަރަކާތެއް ބާއްވަން ޖެހިއްޖެނަމަ 3 ގަޑިއިރު ކުރިން އެ މަޢުލޫމާތު އެއަރލައިން އޮޕަރޭޓަރުގެ ފަރާތުން އެއަރޕޯޓަކަށް އެންގެވުމުން ފްލައިޓް ޙަރަކާތުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ސަރުކާރުގެ މިނިންމުމާއިއެކު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އިރު އޮއްސި 18:00 އިން ހެނދުނު 6 އަށް މަސައްކަތް ކުރާނީ ޕަވަރހައުސްއިން މުވައްޒަފަކާއި، ރޫމް ސަރވިސްއިން މުވައްޒަފެއްކަމަށް އެ އެއަރޕޯޓުން ބުންޏެވެ.

ކޮވިޑް-19 ގެ ސަބަބުން ފްލައިޓްތައް ވަރަށް މަދުވެ، ހަމައެކަނި ދުވާލުގެ އޮޕަރޭޝަނަށް އެއަރޕޯޓު ބަދަލުވެފައިވާތީ، އެ އަރޕޯޓުގެ ފަޔަރސަވިސްގެ މުވައްޒަފުން ގެ މަސައްކަތަށް ނުކުތުމަށް ހަމައެކަނި ދުވާލުގެ ވަގުތު ކަނަޑައަޅާފައި އޮންނަތާ މިހާރު ދެ ހަފްތާވަރު ވެދާނެކަމަށްވެސް އެ އެއަރޕޯޓުން މައުލޫމާތު ދެއްވިއެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅެއްގޮތުން އާންމުން، މަގުބޫލު ސަބަބެއްނެތި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަހައްދަށްވަނުން ކުރިންވަނީ މަނާކޮށްފައިއެވެ.