ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު 9 ލައްކަ އަށްވުރެ އިތުރުވެ، ބަލި ޖެހުނު މީހުންގެ ޢަދަދު މިލިއަނަކާއި ކައިރި ވެއްޖެއެވެ.
ކޮވިޑް-19 ،1 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ރޭގަނޑު 22:45 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
ޕޮޒިޓީވް މީހުންގެ ޢަދަދު: 912،295 މީހުން
މަރުވި މީހުންގެ ޢަދަދު: 45،540 މީހުން
ރަނގަޅުވި މީހުންގެ ޢަދަދު: 191،826 މީހުން
ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް
2020 ޖެނުއަރީ 19، 100 މީހުން
2020 ޖެނުއަރީ 24، 1،000 މީހުން
2020 ފެބްރުއަރީ 12، 50،000 މީހުން
2020 މާރިޗް 6، 100،000 މީހުން
2020 މާރިޗް 18، 200،000 މީހުން
2020 މާރިޗް 21، 300،000 މީހުން
2020 މާރިޗް 24، 400،000 މީހުން
2020 މާރިޗް 28، 600،000 މީހުން
2020 މާރިޗް 29، 700،000 މީހުން
2020 މާރިޗް 31، 800،000 މީހުން
2020 އޭޕްރިލް 1، 900،000 މީހުން
ދުނިޔޭގައި އެންމެ ބާރަށް މިހާރު މިބަލި ފެތުރެނީ އެމެރިކާގައިއެވެ. އެމެރިކާ ފިޔަވައި އެންމެ ބާރަށް މިބަލި ފެތުރެމުން ދަނީ ޔޫރަޕް ބައްރުގައެވެ. އިޓަލީ ވިލާތުގެ އިތުރުން، ސްޕޭން، ޖަރުމަނު ވިލާތް، ފުރާންސް، ސްވިޒަލޭންޑް، އިނގިރޭސިވިލާތް، ނެދަލެންޑް، ސްވިޑަން، ބެލްޖިއަމް، އޮސްޓްރިއާ، ނޯވޭ، ރޫމޭނިއާ އަދި ޑެންމާކް ފަދަ އެތައް ޔޫރަޕްގެ ޤައުމެއްގައި ހަލުވިކަމާއިއެކު މިބަލި ދަނީ ފެތުރެމުންނެވެ.
އޭގެ އިތުރުން ދުނިޔޭގެ އެކި ބައްރު ތަކުން އީރާން، އޮސްޓްރޭލިއާ، ތުރުކީވިލާތް، ޗިލީ، ސައުތުއެފްރިކާ، އިސްރާއީލް، އިންޑޮނެޝިއާ، މެލޭސިޔާ، ފިލިޕީންސް، ތައިލެންޑް، ރަސިއާ އަދި އިކުއެޑޯ ފަދަ ޤައުމުތަކަކީ ބަލި ފެތުރުން ހަލުވިވެފައިވާ ޤައުމުތަކެވެ.
2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 203 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!