މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން އެޔުނިވަރސިޓީގެ ކުޅުދުއްފުށީ ދަނާލުގައި ތިބި ދަރިވަރުންގެ ފީ ދެމަހަށް މާފުކޮށްދޭން ނިންމައިފި އެވެ.

އެމްއެންޔޫގެ މިނިންމުމަކީ، އެ ޔުނިވަރސިޓީގެ ހުރިހާ ދަނާލެއްގައި ތިބި ދަރިވަރުންނަށް ދޭ ލުއި ތަކުގެ ތެރެއިން ދެވުނު ލުޔެކެވެ.

Ad
rt

މިގޮތުން ކުޅުދުއްފުށީ ސިޓީ، މާލެ، ގދ. ތިނަދޫ އަދި ސ. ހިތަދޫގައި ހުންނަ ދަނާލުގައި އުޅޭ ދަރިވަރުންގެ މި މަހާއި އަންނަ މަހުގެ ފީ މާފުކޮށްދޭން ނިންމާފައިވާ ކަމަށް އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފު ވަނީ ވިދާޅުވެފައިއެވެ.

ރަށްރަށުގެ ދަނާލުތަކުން ދަރިވަރެއްގެ އަތުން ނަގަނީ މަހެއްގެ މައްޗަށް 500ރ. އެވެ. މާލޭ ދަނާލުގައި، އެއް ދަރިވަރަށް ވުރެ ގިނައިން ތިބޭ ކޮޓަރިތަކުން ކުއްޖެއްގެ އަތުން ކޮންމެ މަހަކު 900ރ. އަދި އެކަނި ހުންނަ ކޮޓަރިއަކަށް 1،200ރ. އެވެ.

އެ ދަނާލުތަކުގައި މި ވަގުތު 168 ދަރިވަރުން އެބަތިއްބެވެ.