ރާއްޖެއަށް މުދާ އެތެރެ ކުރާ ފަރާތްތައް، އިމްޕޯޓަރުންގެ އަތުން ނަގާ ބައެއް ފީތައް ކުޑަކޮށް، ކުޅުދުއްފުށި ރީޖަނަލް ޕޯޓުން ނަގާ، ޑެމަރޭޖް ފީ 50 ޕަސެންޓް ކުޑަކުރުމަށް އަދި އެހެން ވެސް އިނާޔަތްތައް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފި އެވެ.
ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ، ރާއްޖެއަށް މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް އެމްޕީއެލްއިން މިހާރު ނިންމާފައިވާ ކަމަށެވެ.އެގޮތުން އެމްޕީއެލްއާ ހަވާލާދެއްވާ މަބުރޫކް ވިދާޅުވީ، މިހާރު ނިންމާފައި ވަނީ މުދާ ކުލެއާ ނުކުރެވިގެން އަރާ ޖޫރިމަނާ، ޑެމަރޭޖް ފީ މާލެ-ހުޅުމާލެ ޕޯޓުން 20 ޕަސެންޓް ކުޑަކުރުމަށް ކަމަށެވެ. އަދި ކުޅުދުއްފުށީގެ އިތުރުން ހިތަދޫ ޕޯޓުން ނަގާ ޑެމަރޭޖް ފީއިންވެސް 50 ޕަސެންޓް ކުޑަކުރުމަށް ނިންމާފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.
މީގެ އިތުރުން، އެމްޕީއެލްގެ ވެއާހައުސްގައި ހިލޭ މުދާ ބެހެއްޓޭނެ މުއްދަތު ދެ ދުވަހަށް ބެހެއްޓޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.
މަބުރޫކް އަދި ވިދާޅުވީ، މީގެ އިތުރުން އެއާޕޯޓް ބޮންޑެޑް ވެއާހައުސްގެ ކުލި 50 ޕަސެންޓް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
ކޮވިޑް19 ގެ ސަބަބުން އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން އަންނަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!