ކޮވިޑް-19 އިން ރައްކާތެރިވުމަށް ރަށުފެންވަރުގައި އެހީތެރިވުމަށް ހއ. އުލިގަމު ކައުންސިލުން، އެރަށުގައި ދަރުމަޔަށް މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިއްޔެ އެކައުންސިލުން ބުނެފައިވަނީ މުޅިދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް
ރަށުފެންވަރުގައި މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

Ad
rt

އެހެންކަމުން އެ ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ދަރުމަޔަށް މަސައްކަތް ކުރާ މީހުން ގޮތުގައި އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ބޭނުންފުޅުވާ އެންމެހައި ފަރާތްތަކަށް އެފުރުސަތު ހުޅުވާލާކަމަށް އެކައުންސިލުން ބުނެފައި ވެއެވެ.

ޙާއްސަކޮށް ދެޖިންސްގެ ޒުވާނުން މިކަމުގައި ބައިވެރިވެ ދެއްވުމަކީ ކޮވިޑް-19 އުލިގަމު ޓާސްކްފޯސްގެ ވަރަށްބޮޑު
އެދުމެއް ކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.

އެކައުންސިލުންވަނީ އެފަދަ މީހުން 07 އޭޕްރީލް 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެކުރިން އެ ކައުންސިލްގެ ކޮވިޑް-19 ޓާސްކް ފޯހުގެ 7759261 ނަންބަރަށް ފޯނާއި ގުޅައި، އެމީހުންގެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް އެދިފައިއެވެ.

އެކައުންސިލުންވަނީ ކޮވިޑް-19 އާއި ގުޅިގެން އެރަށުގައި ސޯޝަލް ސަޕޯޓް ޑެސްކެއްވެސް ގާއިމު ކޮށްފައެވެ.

އޭގެއިތުރުން އުލިގަމު ކައުންސިލުން އުފަށްދާފައިވާ ކޮވިޑް-19 ރަށު ޓާސްކްފޯސްގެ ފަރާތުން އަންނަނީ އެރަށުގައި ދިރިއުޅޭ މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތްތަކެއްކޮށް، ރައްޔިތުންގެ ރަށްކަލަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެ ޓާސްކް ފޯހުންވަނީ މާރިޗް 12 ދުވަހު އެރަށުގެ ރައްޔިތުންނާއިވެސް ބައްދަލު ކޮށްފައިއެވެ.