ބ. ދަރަވަންދޫގައި ދެބޭން ހިންގި މާރާމާރީއެއްގައި އެކެއްގެ އަތަށް ކަތުރެއް ހަރައި ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ ރަށުގައި ދެބެއިންގެ މަދު ހިނގި މާރާމާރީއެއްގެ ތެރޭ އެކަކު އަނެކަކަށް ހަމަލާ ދިނުމުގެ ތެރޭގައި އެކެއްގެ އަތަށް ކަތުރެއް ހަރާލައި ޒަހަމްކޮށްލާފައިވާ ކަމަށެވެ. މި މާރާމާރީގައި ޒަހަމްވެފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ.
މި މާރާމާރީ ހިންގަން މެދުވެރި ވީ މާރިޗް 28 ވީ ހޮނިހިރު ދުވަހު ދަރަވަންދޫގައި ކުރި ވައްކަމަކާއި ގުޅިގެން އެގޭގައި ދިރިއުޅޭ މީހަކާއި (29 އަހަރުގެ ދިވެހި ފިރިހެނެއް) އޭނާގެ ކޮއްކޮއާއި ދެމެދު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މާރާމާރީ ހިނގާފައިވަނީ 26 އަހަރުގެ މީހާގެ ވޮލެޓުން ފައިސާ ގެއްލުނު މައްސަލައެއްގައި ދެމީހުންގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގައި ހިމެނޭ 29 އަހަރުގެ މީހާ އިއްޔެގެ ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައެވެ.
މާރާމާރީގައި ކަތުރުން ހަމަލާދީ ކޮއްކޮށް ޒަހަމް ކޮށްލާފައިވާ ވާތީ ބޭބެ ވަނީ ހައްޔަރު ކޮށްފަ އެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!