ށ. ކޮމަންޑޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެއެވެ.

އެކަން ހާމަކޮށްފައިވަނީ ކޮމަންޑޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައިއެވެ.

Ad
rt

ކޮމަންޑޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުއަކީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 29،412،392.94 ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 12 މީޓަރު ބޭރު ތޮށި ޖެހުމާއި، 20 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 190 މީޓަރުގެ އެއްގަމު ތޮށި ހެދުމާއި، ބަނދަރުގައި ރޭމްޕެއް ހެދުމާއި އެއްގަމު ތޮޝި ވަށައިގެން ޕޭވްމަންޓު ޖެހުމުގެ އިތުރުން ބަނދަރާއި ބަނދަރުގެ ނެރު ފުން ކުރުމާއި ނެރު ބައްތި ޖެހައި، ބަނދަރު ސަރަހައްދުގައި 19 ލައިޓު ޖަހައި، 10 މޫރިން ބްލޮކް ހަރުކުރުމެވެ.