މިއީ އާދައިގެ ރޯގާއެއްގެ ގޮތަށް ބަލައިގެން ނުވާނެކަމަށާއި، މިބަލި ފެތުރުނަ ނުދިނުމަށް އިޖުތިމާއީ ގައިދުރުކަން އިސްކަންކޮށް ގޭގައި ތިބުމަށް ޑރ. ޢަލީ ލަތީފް އެދި ވަޑައިގެންފިއެވެ.
ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް މިއަދު ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮވިޑް-19 ޓާސްކް ފޯހުގެ ހެޑް ޑރ. ޢަލީ ލަޠީފް ވިދާޅުވީ މާލެއިން ފައްސިވި ކޭސްއާއިއެކު މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މިފަދަ ކޭސްއެއް ފެނިފައި މިވަނީ އެންމެ ފުރަތަމަ ރާއްޖެއިން ފެނުނު ކޭސް ފެނުނުތާ 45 ދުވަސް ފަހުން ކަމަށްވެސް ޑރ. ޢަލީ ލަޠީފް ވިދާޅުވިއެވެ.
ޑރ. ޢަލީ ލަޠީފް އިތުރަށް ވިދާޅުވީ މިއީ އާދައިގެ ރޯގާއެއްގެ ގޮތަށް ބަލައިގެން ނުވާނެ ކަމަށާއި، މި ބަލީގެ 80 ވަރަކަށް ޕަސެންޓަށް ތަޖުރިބާކުރެވެނީ އާދައިގެ ރޯގާއެއްގެ އަލާމާތް ކަމަށާއި، ބަލީގެ އަލާމާތް ނުފެނި ވެސް ބަލި ފެތުރޭ ކަމަށެވެ.
ބަލިން ރައްކާތެރިވާން އޮތް އެންމެ މުހިންމު ކަމަކީ ގޭގައި ތިބުން ކަމަށާއި ނަމަވެސް ޑޮކްޓަރުންގެ އިރުޝާދު ތަކުރާރުކޮށް ދެމުން ދާއިރު ވެސް އެއްވެސް ބިރެއް ނެތި މީހުން މަގުމަތީގައި އުޅޭ ކަމަށްވެސް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.
ވެރިރަށް މާލެއިން ދިވެއްސެއް މިބައްޔަށް ފައްސިވެފައިވާ އިރު، އޭނާއަކީ މިބަލީގައި ބަލާ މުއްދަތުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ވާ މީހަކަށް ނުވުމާއި އެކު، އެމީހާއަށް ބަލި ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް ކަމާއި ގުޅުން ހުރި ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!