މާލޭގެ ފްލޫ ކްލިނިކަކަށް ދެއްކި ދިވެއްސެއް ކޮވިޑް-19 އަށް ފައްސިވުމާއިއެކު، އެޗްޕީއޭއިން 24 ގަޑި އިރަށް މާލެ ސިޓީ ލޮކްޑަވްން ކުރުމާއި ގުޅިގެން އެމްޓީސީސީއިން ގްރޭޓަރ މާލެ ސަރަހައްދުގެ ދަތުރު ފަތުރުގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.

މާލެ ސަރަހައްދުގައި ބަހުގެ ދަތުރު ތަކާއި، ފެރީގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުންއަންނަ އެމްޓީސީއިން ބުނީ އެ ކުންފުނިން މިއަދު މެދު ކަނޑާލި ދަތުރު ފަތުރުގެ ޚިދުމަތްތައް ދެންފަށާނީ އެޗްޕީއޭއިން މިއަދު ނިންމި ނިންމުން ނިމުމަކަށް ގެނައުމުން ކަމަށެވެ.

Ad
rt

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން މިއަދު ވަނީ ކުރިއަށް އޮތް 24 ގަޑިިއިރަށް މާލޭގައި މީހުން ބޭރަށް ނުކުމެ އުޅުމާއި ދަތުރުފަތުރު ކުރުން މަނާކޮށްފައެވެ.

މިއަދު ފައްސިވެފައި ވަނީ މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި ހަ ވަނަ ދިވެއްސެވެ. މީގެ ކުރިން މި ބައްޔަށް ފައްސިވި ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި، ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ.