ފުލުހުން ބުނީ މިމައްސަލާގައި ޙައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރާއި 28 އަހަރުގެ ދިވެހި ދެފިރިހެނުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ބުނީ، މިމަހުގެ 13 ވަނަ ދުވަހުގެ ރޭ މިމާރާމާރީގެ ރިޕޯރޓް ލިބުމާއި ގުޅިގެން ފުލުހުން އެތަނަށް ދިއުމުން މިދެމީހުންވެސް ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގާފައިވާކަމަށެވެ.
މިދެމީހުންވެސް ޙައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައިކަމަށާއި އަދި މިދެމީހުންގެ ތެރެއިން އުމުރުން 25 އަހަރުގެ މީހާގެ ބަންދަށް 7 ދުވަސް އަދި އުމުރުން 28 މީހާގެ ބަންދަށް 5 ދުވަސް ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުންވަނީ ޖަހައިދީފައިކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!