މާލެ ސައުވީސް ގަޑިއިރަށް ލޮކްޑައުން ކޮށްފައިވާ ހާލަތުގައިި ކޮންމެހެން ގެއިން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި ރަޖިސްޓަރީ ވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ލޮކްޑައުން ކޮށްފައިވާ ވަގުތުގައި ކޮންމެހެން ގައްނަން ޖެހޭ އެއްޗެއް ގަންނަން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި 3034444 ނަމްބަރު ފޯނާގުޅައި ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ގާއިމުވެ ތިބޭ ފުލުންގެ ޑެސްކުގައި އަމިއްލައަށް ރަޖިސްޓަރީވުމަށް އެދޭ ކަމަށެވެ.

Ad
rt

ހުރިހާ ވަގުތެއްގައިވެސް ކާކުކަން އަންގައިދޭ ކާޑުވެސް އަތުގައި އޮންނަންވާނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ވެހިކަލު އަދި ޑެލިވަރީ ފާސް ހޯދުމަށް neoc@police.gov.mv އަށް އީ-މެއިލް ކުރެއްވުމަށްވެސް ފުލުހުން އެދެއެވެ.

މިހާރު ކުރިމަތިވެފައިވާ ހާލަތުގައި މާލެ ފުރަބަންދުކުރާ ވަގުތުތަކުގައި ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ރެޖިސްޓަރ ކުރުމަށް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ. މާލޭ ސިޓީ ކައުންސިލުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑެލިވަރީ ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެކައުންސިލްގެ "ފަސޭހަ ގުޅުން" ޕޯޓަލްގައި (https://faseyhagulhun.malecity.gov.mv) ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މި ޕޯޓަލްގައި މިހާތަނަށް 362 ފިހާރައަކުން ވަނީ ރަޖިސްޓަރ ކޮށްފައެވެ. މީގެ ތެރޭގައި މާލޭގެ 334 ފިހާރައަކާއި ވިލިމާލޭގެ 30 ފިހާރައެއްގެ އިތުރުން ހުޅުމާލޭގެ 90 ފިހާރައެއް ހިމެނެއެވެ.