ކޯވިޑް-19 އާއި ގުޅިގެން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހުއްޓާލައިފާ ޤައުމީ އެއަރލައިން މޯލްޑިވިއަން ގެ ތިންވަނަ ކާގޯ ފްލައިޓް ރާއްޖެ އައިސްފިއެވެ.
މިހާލަތުގައި ރާއްޖެއަށް ކޮންމެހެން ބޭނުންވާ ސާމާނު ގެނައުމަށް ބާއްވަމުންދާ މޯލްޑިވިއަންގެ ކާގޯ ފްލައިޓް މިފަހަރު ކާގޯ ގެނެސްފައިވަނީ އިންޑިއާގެ ޗެންނާއީ އިންނެވެ.
މިދަތުރުގައި 7760 ކިލޯގެ ކާގޯ ރާއްޖެއަށް ގެނެސްފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. އެ ފްލައިޓް އައިސްފައި ވަނީ މިރެއެވެ.
Our 3rd #CargoFreighter from #Chennai has arrived @VelanaAirport with a shipment of 7760 Kgs. #Maldivian #JustNow pic.twitter.com/wngXOzJBw3
— Maldivian (@MaldivianAero) April 15, 2020
މޯލްޑިވިއަނުން މީގެ ކުރިން ކާގޯ ދެ ފްލައިޓު ބާއްވާފައި ވާއިރު، ޤައުމަށް ނާދެވިފައި ތިބި ދިވެހިން ގެނައުމަށްވެސް މޯލްޑިވިއަނުން ވަނީ ދަތުރުތައް ބާއްވާފައެވެ.
މޯލްޑިވިއަނުން ބެންކޮކަށް މާދަމާ ކާގޯ ފްލައިޓެއް އަޅަން ނިންމާފައިވާއިރު، އަންނަ ހުކުރު ދުވަހު ޔޫއޭއީއަށްވެސް ކާގޯ ފްލައިޓެއް ބޭއްވުމަށް ވަނީ ނިންމާފައިއެވެ.
ސަރުކާރުން ވަނީ މި ދެ ފްލައިޓުގައި، މި ދެ ޤައުމުގައި ދިރި އުޅޭ ދިވެހި ޢާއިލާތަކަށް ‘ކެއަރ ޕެކެޖް’ ހިލޭ ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!