ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19ގެ ކޭސްއެއް މާލެއިން ފެނުމާއި ގުޅިގެން ރައްޔިތުން އެކަމަށް އެއްބާރުލުން ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
މިއަދު ގައުމާ މުޚާތަބުކުރައްވާ އަސަރާ އެކު ކީރިތި ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގޭގައި އެންމެން މަޑުކުރައްވައި ސާފުތާހިރުކަމަށް އިސްކަން ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
އެކަކު އަނެކަކާ މެދު އޯގާތެރިކަމާއި ކެތްތެރިކަމާއެކު މުހާތަބު ކުރައްވާ. ކެތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުގެ ތެރެއިން އެކަކު އަނެކަކަށް އަޅާލައްވާ. މިހާތަނަށް ވެކްސިންއެއް ހޯދިފައި ނުވާތީ، އެންމެ މުހިންމު ފިޔަވަޅަކީ ބޭރަށް ނުނިކުންނަވާ ގޭގައި މަޑުކުރެއްވުން
ރަޢީސް ޤައުމާއި މުހާތަބު ކުރައްވަމުން ވިދާޅުވިއެވެ.
ބޭހެއް އަދި ވެކްސިނެއް ނެތް މި ބަލިން ސަލާމަތްވާން ކުރެވޭން އޮތް އެންމެ މުހިއްމު ކަމަކީ ސިއްހީ ދާއިރާގެ ބޭފުޅުން އަންގަވާ އެންގެވުން ތަކަށް އަމަލުކޮށް ކެތްތެރިކަމާއެކު ތިއްބެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އޮތީ ދިމާވެދާނެ ހާލަތަކަށް ތައްޔާރަށެވެ. ޖެނުއަރީ ފުރަތަމަ ހަފުތާއިން ފެށިގެން ރާއްޖެ ދަނީ މިފަދަ ކަމެއް ކުރިމަތި ވެދާނޭ ކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.
ރައީށް ވިދާޅުވި ގޮތުގައި މިއަދު މާލެއިން ޕޮޒިޓިވްވި މީހާ ރޯގާގެ އަސަރު ހުރިކަމަށް ވެގެން ފުލޫ ކްލިނިކަށް ދިޔައީ އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ ސާމްޕްލް މެގުމަށް ފަހު ޓެސްޓުކޮށް ނަތީޖާ ލިބުނީ މިއަދުއެވެ. ރައީސަށް އޭނާ ޕޮޒިޓިވްވީކަން އެނގިވަޑައިގަތީ ހެނދުނުގެ ވަގުތެއްގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި ބަލި ޖެހުނުމީހާޔާ ބަލިމީހަކު ސީދާ ކޮންޓެކްޓްވީ ކަމެއް އެނިފައެއް ނެތެވެ. އެޗްޕީއޭއިން މިހާރު ދަނީ އެމީހާޔާ ބައްދަލުވީ މީހުން ހޯދައި ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކރަމުންނެވެ.
އެކަކު އަނެކަކާ މެދު އޯގާތެރިކަމާއި ކެތްތެރިކަމާއެކު މުހާތަބު ކުރައްވާ. ކެތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުގެ ތެރެއިން އެކަކު އަނެކަކަށް އަޅާލައްވާ. މިހާތަނަށް ވެކްސިންއެއް ހޯދިފައި ނުވާތީ، އެންމެ މުހިންމު ފިޔަވަޅަކީ ބޭރަށް ނުނިކުންނަވާ ގޭގައި މަޑުކުރެއްވުން.@ibusolih pic.twitter.com/vAmHC2tOhs
— MP Mohamed Shifau (@mhshifau) April 15, 2020
މާލެ މިހާރު އޮތީ ސައުވީސް ގަޑިއިރަށް ލޮކްޑައުން ކޮށްފައި ކަމަށާއި، މިއަދު ޕޮޒިޓިވްވި މީހާޔާ ކޮންޓެކްޓްވި މީހަކު މާލެ އަތޮޅު ކާށިދުއަށް ގޮސްފައިވާކަން އެނގިފައިވާތީ އެރަށްވެސް މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ އެންމެ ކެތްތެރިކަމާއެކު ސިއްހީ ދާއިރާގެ ބޭފުޅުންގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރާށެވެ.
ކާބޯތަކެއްޗާއި ބޭހުގެ އެކަށިގެންވާ ސްޓޮކެއް އެބަހުރިކަމަށާއި ރައްޔިތުންގެ އާއްމު ސިއްހަތަށް ބޭނުންވާ ހުރިހައި އެހީތެރިކަމެއް ފޫރކޮށް ދިނުމަކީ ސަރުކާރުގެ އަމާޒުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!