ހދ އަތޮޅަށް ޓޫރިޒަމް ގެނައުމަށް، މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކޮށްފި
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު “ޓޫރިޒަމް ނެތް ހދ“ އަށް ޓޫރިޒަމް ގެނައުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކޮށްފި އެވެ. ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ އަދި މިހާރު ޓޫރިޒަމް މިނިސްޓްރީގެ ނައިބްގެ މަގާމު ފުރުއްވަމުން ގެންދަވާ އަޙްމަދު އާތިފް ވިދާޅުވީ “50 އަހަރު ވީއިރު ގާވެފައި ހުރި އެއްޗެއް ހެޔޮކުރަން އިރުކޮޅެއް ވާނެ” ކަމަށެވެ. އަދި ހދ އަތޮޅަށް ޓޫރިޒަމް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމުގައި ވިދާޅުވި...