ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ، އެމްޕީޓީ (މޯސްޓް ޕްރޮފެޝަނަލް ޓޫލްސް) ފެކްޓްރީ އަގުގައި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ބެސްޓް ބަޑީއިން ހުޅުވާލައިފިއެވެ.

ޗައިނާގެ ޒިންޖިޔާން ޕްރޮވިންސްގެ ކުންފުންޏެއްކަމަށްވާ ޔަންގްކަންގ ޕަވަރޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓްގެ ކޯޕަރޭޝަން ލިމިޓަޑުން އުފައްދާ އެމްޕީޓީ ބްރޭންޑްގެ ޓޫލްސް ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ބެސްޓް ބަޑީއެވެ.

Ad
rt

ބެސްޓް ބަޑީގެ އޮފިސަލަކު މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ 1 ސީބީއެމް އަށްވުރެ މަދުނުވާ އަދަދަކަށް އޯޑަރ ކުރެއްވުމުން ފެކްޓްރީ އަގުގައި ޗައިނާއިން ގަނެފައި ޝިޕް ކޮށްދޭނެ ކަމަށެވެ. އިތުރު ޗާޖެއް ގޮތުގައި ނަގާނީ ފްރައިޓް އާއި ކްލިއަރެންސް ޗާޖު ކަމަށެވެ. އަދި އޭގެ އިތުރުން މުދަލުގެ ކަސްޓަމްސް ޑިޔުޓީ ކަސްޓަމަރު ދައްކަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. 1 ސީބީއެމް ގެ މުދަލަށް ފްރައިޓް އާއި ކްލިއަރެންސްއަށް ޗާޖު ކުރާނީ އާންމުކޮށް 299 ޑޮަލަރުކަމަށް ވިދާޅުވި އެވެ.

ބެސްޓްބަޑީއަކީ މި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަށް ވުމާއި އެކު މި ބްރޭންޑު ރާއްޖެއަށް އެތެރެކުރަނީ ސީދާ ފެކްޓްރީ އިން ގަނެގެން ބެސްޓް ބަޑީގެ ފަރާތުންނެވެ. އެހެންކަމުން ތަކެތީގެ ކޮލިޓީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އެ ފިހާރައިން ދެއެވެ.

އެމްޕީޓީ ޓޫލްސް އަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދަމުން އަންނަ ކޮލިޓީ ރަނގަޅު މަޝްހޫރު ބްރޭންޑެކެވެ. މި ކުންފުނިން އުފައްދައި ޓޫލްސްތަކުގެ ތެރޭގައި ތެދުއިވަޑާމާއި ކިއްސަރުވަޑާމުގައި އާއްމުކޮށް ބޭނުންކުރާ ހުރިހާ ޓޫލްސްތަކުގެ އިތުރުން ޕަވަރ ޓޫލްސް، ބެންޗް ޓޫލްސް، އެއަރ ޓޫލްސް، އިންވާޓަރ ވެލްޑިންގް މެޝިންސް އަދި ހޭންޑް ޓޫލްސް އަދި ތަފާތު ގިނަ ވައްތަރުގެ ޓޫލްސްތައް ހިމެނެއެވެ.

އޮސްޓްރޭލިއާ، މެލޭޝިއާ، ދުބާއީ އަދި ޑެންމާކުގެ އިތުރުން ދުނިޔޭގެ 80 އަށްވުރެ ގިނަ ޤައުމުގައި މިހާރުވެސް އެމްޕީޓީގެ އެކްސް ކުލޫސިވް އޭޖެންޓުން ތިބޭއިރު ރާއްޖޭގައި މި ބްރޭންޑްގެ ޓޫލްސްވިއްކުމަށް އެޖެންޓްކަން ދީފައިވަނީ ހަމައެކަނި ބެސްޓްބަޑީއަށެވެ.

މި ބްރޭންޑުގެ ޓޫލްސް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ މީހުންގެ އިތުރުން ކުދި ކުދި ހާޑްވެއާ ފިހާރަތަކަށް ވެސް ބެސްޓްބަޑީން ސަޕްލައި ކޮށްދެއެވެ. އަދި މީގެ އިތުރުން އެމް.ޕީ.ޓީ ބްރޭންޑްގެ ޓޫލްސް އުފައްދާ ޗައިނާ ކުންފުނި މެދުވެރިކޮށް ކޮންޓެއިނަރ ބަރުކުރަން ބޭނުންވާ ފަރާތްތަކުން ޕްރީ އޯޑަރ ދިނުމުން ހީވެސް ނުކުރާހާ ހެޔޮއަގުގައި މި ބްރޭންޑްގެ ޓޫލްސް ގެނެސްދިނުމުގެ އިންތިޒާމު ބެސްޓް ބަޑީއިން ހަމަޖައްސައިދޭނެކަމަށް އެ ފިހާރައިން މަޢުލޫމާތުދެއެވެ.

އަތޮޅުތެރޭގެ ރަށްތަކުގެ ފިހާރަތަކުން މި ޓޫލްސް ވިއްކަން ބޭނުންވާނަމަ އޭޖެންޓަކަށް ވުމުގެ ފުރުސަތުވެސް ބެސްޓްބަޑީން ވަނީ ހުޅުވާލައިފައެވެ. މިގޮތަށް އެދޭ ފަރާތްތަކަށް ވެސް ހާއްސަ ޑިސްކައުންޓަކާއެކު ޓޫލްސް ސަޕްލައި ކުރާނެ ކަމަށް އެ ފިހާރައިން މައުލޫމާތުދެއެވެ.

ބެސްޓް ބަޑީއަކީ ބެޓެރީ ވެހިކަލް ވިޔަފާރީގައި ރާއްޖޭގައި މަޝްހޫރުބައެކެވެ. ބެސްޓްބަޑީއިން ބުނީ، އެމްޕީޓީގެ ޕްރޮޑަކްޓްތައް ހޯލްސޭލްކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި މި ޕްރޮޑަކްޓް މާލެއިން ލިބެން ހުންނާނީ ބެސްޓްބަޑީ 2 އަދި ކުޅުދުއްފުށިން ލިބެން ހުންނާނީ ބެސްޓް ސާރކަލް އިންކަމަށެވެ. މާލެއިންނަމަ ގުޅުއްވާނީ 9936915 އަށް އަދި ކުޅުދުއްފުށިން ނަމަ ގުޅުއްވާނީ 9441890 އަށެވެ.