އުރީދޫ އެޕް: ޑިޖިޓަލް ސޮލިއުޝަންތަކާއި އެކު ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް އެއްތަނަކުން

ދުނިޔޭގައި އާލަމީ ވަބާއެއް ފެތުރެމުން އަންނައިރު ގެއިން ބޭރަށް ނުކުމެ ގިނަވަގުތު އުޅުން މިވަނީ ދަތިވެފައެވެ. ހުރިހާ ކަމެއް ކުރަން ޖެހެނީ ގޭގައި ތިބެގެންނެވެ. މިފަދަ ދަނޑިވަޅެއްގައި އުރީދޫގެ ޑިޖިޓަލް ސޮލިއުޝަންތައް ވެގެންދިޔައީ ކަސްޓަމަރުންގެ އެންމެ ގާތް އެހީތެރިޔާއަށެވެ. ގިނަ ހިދުމަތްތަކެއް ހޯދުމުގައި އުރީދޫގެ އެޕްއިން ވަނީ ގިނަ ފަސޭހަތަކެއް ހޯދައިދީފައެވެ.

Ad
rt

އުރީދޫގެ ޑިޖިޓަލް ސޮލިއުޝަންތަކަށް ބަލާއިރު މައި އުރީދޫ އެޕްލިކޭޝަނާއި މޫލީ އާއި އެމްފައިސާ ހިމެނެއެވެ. ކޮންމެ އެޕަކުންވެސް ތަފާތު ހިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބެއެވެ.

ގޭގައި ތިބޭ ވަގުތު އެންމެ ބޮޑަށް ބޭނުންވާނީ ބޭރަށް ނުގޮސް ފޯނު ރިޗާޖު ކުރުމާއި ގެއަށް ބޭނުންވާ ސާމާނު ގަތުމެވެ. މި ހިދުމަތް އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ލިބޭނެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެގެން ވެސް މޫލީ އިން ވިޔަފާރި ކުރެވޭއިރު އެ އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރި ކުރުމުން ހިލޭ ޑެލިވަރީ ވެސް ކޮށްދެއެވެ. ރައްކާތެރި ކަމާއެކު ގޭގައި ތިބެގެން ވިޔަފާރި ކުރާ މީހުންނަށް މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.

ކޯވިޑާއެކު ވިޔަފާރި ކުރާ ގޮތްތައް ބަދަލުވެގެން ދިޔައިރު ނަގުދު ފައިސާ ބޭނުން ކުރުން ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ގިނަ މީހުން ކޭޝްލެސް ޕޭމަންޓުތައް ހިޔާރު ކުރާއިރު އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާއަކީ ވެސް މިފަދަ ޚިދުމަތެކެވެ. އެމްފައިސާ އިން ރެސްޓޯރެންޓުތަކާއި ފިހާރަތަކަށް ފައިސާ ދެއްކޭއިރު ބިލުތައް ދެއްކުމާއި ސްކޫލްފީ ވެސް ދައްކާލެވެއެވެ. އެމްފައިސާއަށް ބީއެމްއެލް އާއި އެމްއައިބީ އަދި އެސްބީއައިގެ އެކައުންޓުތަކުން ކޭޝްއިން ކުރެވޭނެއެވެ.

މީގެ އިތުރުން އެމްފައިސާ މެދުވެރިކޮށް އެހެން މީހުންނަށް ވެސް ފައިސާ ފޮނުވާލެވޭނެއެވެ.

މި ހުރިހާ އެޕެއް ގުޅިފައިވަނީ މައި އުރީދޫ އެޕާއެވެ. މައި އުރީދޫ އެޕުން ކަސްޓަމަރުންނަށް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ހިދުމަތް ލިބޭނެއެވެ. އެގޮތުން ކަސްޓަމާ ކެއާގެ ޚިދުމަތެއް ބޭނުންވެއްޖެނަމަ އެ ޚިދުމަތެއް ވެސް މި އެޕް މެދުވެރިކޮށް ލިބޭނެއެވެ.

މައި އުރީދޫ މެދުވެރިކޮށް އުރީދޫގެ އެޖެންޓަކާ ވާހަކަ ދައްކާލަން ބޭނުންވާ ނަމަ ނުވަތަ މައްސަލައެއް ރިޕޯޓު ކުރަން ބޭނުންވާ ނަމަ އެ ފުރުސަތުވެސް ލިބޭނެއެވެ. އެގޮތުން، އުރީދޫ އެޕް.،https://ore.do/app ޑައުންލޯޑް ކުރުމަށްފަހު މެނޫގައިވާ "ރިޕޯޓް އަ ޕްރޮބްލަމް" ސެލެކްޓު ކުރުމަށްފަހު ބޭނުންވާ ހިދުމަތެއް ހިޔާރުކޮށް މައުލޫމާތު ލިޔެ އެ ބޭނުންވާ ހިދުމަތެއް ފޮނުވާލެވޭނެއެވެ. މިގޮތަށް ހިދުމަތަކަށް އެދުމުން ކޭސް ނަންބަރާއެކު އެސްއެމްއެސް އެއް ކޮންމެ ކަސްޓަމަރަކަށް ވެސް ލިބޭނެއެވެ. އަދި އެއާއެކު އެ މައްސަލަ ވީހާވެސް އަވަހަށް ހައްލު ކޮށްދިނުމަށް އުރީދޫގެ ކަސްޓަމާ ކެއާ އެޖެންޓުން މަސައްކަތް ކުރާނެއެވެ.

އުރީދޫ އެޕް ބޭނުން ނުކުރާ ކަސްޓަމަރުންނަށް ވެސް އުރީދޫގެ އޮންލައިން ޝޮޕް، https://ore.do/shop މެދުވެރިކޮށް ކަސްޓަމާ ކެއާގެ ހިދުމަތް ހޯދޭނެއެވެ. މިއީ އާ ކަސްޓަމަރުންނާއި މިހާރުވެސް އުރީދޫ ބޭނުން ކުރާ ކަސްޓަމަރުންނަށް ލިބޭ ހިދުމަތެކެވެ.

އުރީދޫގެ ކަސްޓަމަރުންނަށް މޯބައިލް ކަނެކްޝަނާއި ބްރޯޑްބޭންޑް ކަނެކްޝަނަށް ވެސް މިހާރު އޮންލައިންކޮށް އެދެވޭނެއެވެ. އަދި މިހާރުގެ ޕްލޭން އަޕްގްރޭޑް ކޮށް އީ ސިމަށް ވެސް ފަސޭހަ ކަމާއެކު އަޕްގްރޭޑް ކޮށްލެވޭނެއެވެ. މި ހިދުމަތް https://ore.do/change މެދުވެރިކޮށް ލިބޭނެއެވެ.

މީގެ އިތުރުން އުރީދޫގެ ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ލިބޭނެއެވެ. މި ސެންޓަރުތައް މެދުވެރިކޮށް ލިބޭނީ ބިލް ދެއްކުމާއި ރިޗާޖް ކުރުމާއި އެމްފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ހިދުމަތެވެ.

އުރީދޫ އިން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ކަސްޓަމަރުންނަށް ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ހިދުމަތް ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށެވެ. އަދި ކަސްޓަމާ ކެއާގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.