ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިން ފުރަން ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ފުލައިޓެއްގައި ރޯވެއްޖެ އެވެ.

އެ އެއަރޕޯޓުގެ އޮފިސަލަކު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ މިހާދިސާ ހިނގީ، ރަންވޭ މަތިގައި ފުރަން ތައްޔާރުވެފައިއޮއްވައި ކޮކްޕިޓެޓް ތެރެއިން ކަމަށެވެ. ރޯވެފައިވަނީ ކޮން އެއްޗެއްގައި ކަމެއް ސާފުނުވާކަމަށާއި ދުން އަރާފައިވަނީ ކެޕްޓަނުން ތިބޭ ކޮކްޕިޓް ތެރެއިންކަމަށް އޭނާ ވިދާޅުވި އެވެ.

Ad
rt

އޭނާ އިތުރަށް ވިދާޅުވީ އެއަރ ޕޯޓުގެ ފަޔަރ ޓީމް އިން ރަންވޭމަތިގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިހާދިސާގައި މީހަކަށް ގެއްލުން ވެފައިނުވާކަމަށާއި ނަމަވެސް ބޯޓުގެ ވިންޑް ސްކްރީން ތަޅައިގެން ގޮސްފައި ވާކަމަށް މަޢުލޫމާތު ދެއްވި އެވެ.

މިހާރު ބޯޓުން މީހުން ހުސްކޮށްފައިވާއިރު ފްލައިޓް ތެރޭގައި ދުމުގެ އަސަރު ހުއްޓެވެ. ބޯޓު އަދިވެސް އޮތީ ރަންވޭ މަތީގަ އެވެ.

މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ވިދާޅުވީ، މޯލްޑިވިއަންގެ ފްލައިޓްއެއް ހަނިމާދޫއިން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮކްޕިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ. މިވަގުތު އަލިފާން އަލިފާން ނިއްވާލާފައިވާކަމަށެވެ.

"ފަސިންޖަރުންވަނީ ސަލާމަތްތެރިކަމާއި އެކު ބޯޓުން ބާލާފައި، މިހާރު ކުރި އަަށް ދަނީ ބޮޓު ޓޯކުރުމުގެ މަސައްކަތް"

އެމްއެންޑީއެފްއިން މީޑިއާތަކަށް މަޢުލޫމާތު ދެމުން ވިދާޅުވެފައިވެއެވެ.

މިއީ ހަނިމާދޫ އިން މާލެއަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓެކެވެ.

އެ ބޯޓުގައި އެވަގުތު އިން މީހަކު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ ދުން އަރަން ފެށުމާއި އެކު "ހުރިހާ ފަސިންޖަރުން ބޯޓުން ފައިބަން ކެޕްޓަން އިރުޝާދު ދެއްވި" ކަމަށެވެ. އެވަގުތު އެންމެންވެސް ހާސްވެ ބޯޓުން ފައިބަން މަސައްކަތް ކުރި ކަމަށެވެ.

އެބޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ތިބިކަމަށާއި މިހާރު އެންމެންވެސް ޓާރމިނަލް ތެރެއަށް ވައްދާފައިވާކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ފްލައިޓްއިން ބަލަން ޖެހޭކަން ކަން ބެލުމަށްފަހު ސްޓާރޓްކޮށް މިހާރު ވަނީ އެއަރ ޕޯޓުގައި ޕާކުކޮށްފަ އެވެ.