ރާއްޖޭގެ މަސައްކަތްތެރިންގެ އިތުބާރު ހޯދާފައިވާ ރަށު ޕިކަޕުގެ ހުރިހާ ސްޕެއަރ ޕާރޓްސްއެއް އެންމެ އިތުބާރާއި ޔަގީން ކަމާއި އެކު އެންމެ އަގުހެޔޮކޮން ލިބެން ހުރި ފިހާރަ އަކީ ބެސްޓް ބަޑީގެ ފިހާރަތަކެވެ.
ރާއްޖެ އަށް އެންމެ ފުޅާ ދާއިރާއެއްގައި ރަށު ޕިކަޕް އެތެރެކުރާ ފަރާތްކަމުގައިވާ ބެސްޓް ބަޑީއިން އަންނަނީ ރަށު ޕިކަޕުގެ ޓެކްނިކަލް ސަޕޯޓުވެސް ފުޅާދާއިރާއެއްގައި ދެމުންނެވެ. އަދި އާފްޓަރސޭލްސް ސާރވިސް ވެސް އެފިހާރައިން އަންނަނީ ފޯރުކޮށްދެމުންނެވެ.
ރަށުޕިކަޕަކީ ބޭނުން ބޮޑުވެފައި ގެންގުޅެން ކުޑަބަޖެޓަކުން ފުއްދާލެވި މަރާމާތު ކުރަން ފަސޭހަ އުޅަނދެކެވެ. ރާއްޖޭގެ ރަށްރަށުގެ އާންމު ދިރިއުޅުމަށް އިންގިލާބެއް ގެނުވިއުޅަނދަކަށް ރަށުޕިކަޕު ވަނީ ވެގެން ގޮސްފައެވެ. އެއާއި އެކު ރަށު ޕިކަޕު ވެގެން ގޮސްފައިވަނީ ރަށްފުށުގެ މަސަކަތްތެރިންގެ ހިތް ކަމުގަ އެވެ. މަސައްކަތުގެ ވިންދެވެ. ހާއްސަކޮށް ކުޑަ ހަރަދަކުން އެއްތަނުން އަނެއްތަނަށް ދަތުރު ކޮށްލެވޭ އުޅަދެކެވެ. މަސައްކަތްތެރިންގެ މި ހުވަފެން ހަގީގަތަކަށް ހެދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަމުން އަންނަނީ ރަށުޕިކަޕް ތަކަށް ބޭނުންވާ ސްޕްއެއަރ ޕާރޓްސް ބެސްޓް ބަޑީން ރާއްޖެ އެތެރެކޮށް ޕިކަޕްތަކުގެ ވެރިންގެ އަތްފޯރާ ފަށުގައި ލިބޭނެ އިންތިޒާމް ހަމަޖައްސަމުން އަންނާތީ އެވެ.
ބެސްޓް ބަޑީގެ އޮފިސަލަކު މަޢުލޫމާތުދެމުން ވިދާޅުވީ، އެސް.އެސް ރަށުޕިކަޕާއި އާންމުކޮން ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ހުރިހާ ބާވަތެއްގެ ރަށު ޕިކަޕުގެ ސްޕެއަރޕާރޓްސް ޔަޤީންކަމާއެކު މިހާރު އެފިހާރައިން ލިބޭނެކަމަށެވެ.
ދާދި ފަހުން ބެސްޓް ބަޑީއިން ވަނީ 1200 ވޯޓުގެ އެސްއެސް ރަށު ޕިކަޕުގެ އާޝިޕްމެންޓްއެއްވެސް ރާއްޖެ ގެނެސްފަ އެވެ. މިއީ 35،000 ރުފިޔާއަށް ވިއްކާ ރަށު ޕިކަޕްގެ އެންމެ ބޮޑެތި ސައިޒެވެ.
މީގެ އިތުރުން ރަށު ޕިކަޕު ގެންގުޅޭ ގިނަ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ "ބޯބުރި ބުރޭންޑް" ގެ ކޮލިޓީ ރަނގަޅު ރަށުޕިކަޕްގެ ބެޓަރީ ސެޓްވެސް ބެސްޓް ބަޑީގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ. މި ބްރޭންޑްއަށް ޕިކަޕްތަކިގެ ވެރީންގެ އިތުބާރު ލިބިފައިވަނީ ގިނަ ވަގުތު ޗާޖު ހިފަހައްޓާނެ ހަލާކު ނުވެ ގިނަ ގިނަދުވަހު ބޭނުންކުރެވޭތީ އެވެ.
ބެސްޓްބަޑީއިން ބައްލަވައިގަންނަވާ ކޮންމެ ރަށުޕިކަޕަކަށް ރަޖިސްޓްރީގެ ކަންކަން ކޮށްދިނުމަށް އިތުރު އެއްވެސްޗާޖެއް ނުނަގާނެއެވެ.
ބެސްޓްބަޑީގެ ފަރާތުން މާލެ އާއި ހދ. ކުޅުދުއްފުށީސިޓީގައި އަންނަނީ ފިހާރަތައް ހިންގަމުންނެވެ.ބެސްޓް ބަޑީ އިން މުދަލެއް ގަންނަން ބޭނުންނަމަ އަދި މުދަލާއި ބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ބެސްޓް ބަޑީ ކުޅުދުއްފުށިފިހާރަ 9193965، ނުވަތަ މާލެ ސަރަހައްދުން ނަމަ 9936915 ނަންބަރު އަށް ގުޅައިގެން މައުލޫމާތުސާފު ކުރެވޭނެއެވެ. އަދި ސްޕެއާ ޕާޓްސް ހޯދުމަށް ސްޕެއަރ ޕާރޓްސް އަށް ހާއްސަކޮން ހުޅުވާފައިވާ ފިހާރަ ބެސްޓް ސާރކަލްގެ ނަންބަރު އަށް 9441890 ގުޅުމުން ސްޕެއާ ޕާޓުތައް ލިބޭނެއެވެ.
ބެސްޓް ބަޑީއިން ރަށު ޕިކަޕުގެ ސްޕެއާ ޕާޓުގެ އިތުރުން އެއާ ބްލޭޑާއި ވޭވް 125 އާއި ހޮންޑާ މޫވްގެ ޓަޔަރުވެސް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ހުރިހާ ސައިޒެއްގެ ބައިސްކަލުގެ ސްޕެއާ ޕާޓުވެސް ލިބެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!