100 ފޫޓު ފުން ވަޅުގަނޑަކަށް މީގެ ފަސް ދުވަސް ކުރިން ވެއްޓުނު ފަސް އަހަރުގެ ރަޔަން ވަޅުން ނެގި އިރު އޮތީ ނިޔާވެފައިކަމަށް އެގައުމުގެ މީޑިޔާތަކުން ބުނެފި އެވެ.

މޮރޯކޯގެ ރެސްކިއު ޓީމުން ތަކުން އައީ މެދު ކެނޑުމެއް ނެތި ރަޔަން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ރަޔަން ވަޅުން ނަގައިގެން ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު މާގިނަ މަޢުލޫމާތު ތަކެއް އަދި ނުލިބެ އެވެ.

Ad
rt

ރަޔަން ވަޅުގަނޑުން ނެރުނު އިރު އެސަރަހައްދުގައި ރަޔަންގެ މަންމަ އާއި ބައްޕަ އެސަރަހައްދުގައި ތިއްބެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކުވެސް އެސަރަހައްދަށް އެއްވެފައި ވެއެވެ.

ފަސް އަހަރުގެ ރަޔަން ވަޅުގަނޑަކަށް ވެއްޓި ތާށި ވުމުން މުޅި ދުނިޔެ އައީ ރަޔަން ސަލާމަތް ކުރެވޭނެ ވަގުތަކަށް އިންތިޒާރުކުރަމުންނެވެ.

މިދިޔަ ބުރާސްފަތު ދުވަހު ވަޅު ތެރެއަށް ކެމެރާއެއް ތިރިކޮށްގެން ނެގި މަންޒަރުތަކުން ފެނުނު ގޮތުގައި ރަޔަން އެއް އަރިއަކަށް އޮށޯވެގެން އޮތް މަންޒަރު ފެނެ އެވެ. ބޮލަށް ކޮންމެވެސް ވަރެއްގެ ޒަހަމްތައް ލިބިފައި ހުއްޓެވެ.

ރެސްކިއު ޓީމުން ވަނީ އޮކްސިޖަން މާސްކާއި، ކާބޯތަކެތި އަދި ފެން ވަޅުގެ ތެރެއަށް ތިރިކޮށްފަ އެވެ.

ރަޔަން ވަޅުން ނެގީ ވަޅުގެ ކައިރިން ކޮނެގެންނެވެ.