ވަލްޑޯފް އެސްޓޯރިއާގެ ކޮންމެ މުވައްޒަފަކަށް، ސާވިސް ޗާުގެ ގޮތުގައި މިދިޔަ މަހު 50000 އަށްވުރެއް ގިނަ ރުފިޔާ ދީފި އެވެ.
މޯލްޑިވްސް ސާވިސްޗަރޖް އަޕްޑޭސްއިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ވަރަށް ގިނަ ރިސޯޓަކުން ވަނީ 1،000 ޑޮލަރަށް ވުރެ ބޮޑުކޮށް ސާވިސް ޗާޖު ބަހައިފަ އެވެ.
އެގޮތުން އެންމެ ބޮޑު އަދަދެއް ދީފައި ވަނީ މާލެ އަތޮޅުގައި މިފަހުން ހުޅުވި ވަލްޑޯފް އެސްޓޯރިއާ އިތާފުށިން ނެވެ. އެރިސޯޓުން ކޮންމެ މުވައްޒަފަކަށް 3320 ޑޮލަރެވެ. ދިވެހި ރުފިޔާއިން ބޭންކް ރޭޓް އިން ބަލާނަމަ އެއީ 51,194.4 ރުފިޔާ އެވެ.
މީގެ އިތުރުން ދެން އެންމެ ބޮޑު އަދަދެއް ދީފައިވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން 3089 ޑޮލަރެވެ. އަނަންތަރަ ކިހާވަށް މޯލްޑިވްސް އިން 2126 ޑޮލަރެވެ. އަދި ޕަޓީނާ މޯލްޑިވްސއިން 2057 ޑޮލަރެވެ.
މިއީ މިފަހަކަށް އައިސް އެންމެ ބޮޑު އަދަދަކުން ސާވިސްޗަރޖް ބަހާފައިވާ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!