ސަޢޫދީ އާއި ޔޫއޭއީ ގުޅިގެން، ރޯބްލޮކްސް އާއި ދެކޮޅަށް ފިޔަވަޅުތަކެއް
ކުޑަކުދިންގެ ރައްކާތެރިކަމަށް ކަންބޮޑުވުން ފާޅުކޮށް، އެމެރިކާގެ މަޝްހޫރު ގޭމިންގ ޕްލެޓްފޯމް ރޯބްލޮކްސް އާއި ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ސަޢޫދީ އަރަބިއްޔާ އާއި އެމިރޭޓްސް ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި އެވެ. ސަޢޫދީ އަރަބިއްޔާގެ ޖެނެރަލް ކޮމިޝަން ފޯ އޯޑިއޯވިޝުއަލް މީޑިއާއިން ވަނީ ރޮބްލޮކްސްގެ ޓެކްސްޓް އަދި ވޮއިސް ޗެޓް ވަގުތީގޮތުން ހުއްޓާލުމަށް އަންގާފައެވެ. މި ކޮމިޝަންގެ އިލެކްޓްރޯނިކް ގޭމްސް ޑިޕާޓްމަންޓްއިން ބުނެފައިވަނީ މިއީ އެގޭމު ކުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް...