Skip to main content

އިބްރާހިމް އަސްވާޤް

Admin
🌐 Network-Wide Bureau
2,122 Stories
1,498 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް އަސްވާޤް

ރާއްޖޭގައިވެސް "ރޯބްލޮކްސް" ބޮލޮކް ކުރުމަށް ގޮވާލާ އަޑު ގަދަވަނީ!
Column

ރާއްޖޭގައިވެސް "ރޯބްލޮކްސް" ބޮލޮކް ކުރުމަށް ގޮވާލާ އަޑު ގަދަވަނީ!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވާލެއްގެ މައްޗަށް 88.9 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ، އެންމެ ބޮޑު އޮންލައިން ގޭމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ “ރޯބްލޮކްސް” އަކީ މިއަދު ކުޑަކުދިންގެ މެދުގައި އެންމެ މަޤްބޫލު އެއް ގޭމެވެ. ވަރަށް އަވަހަށް ދެވި ހިފާ މިގޭމް އެންމެ ގަދައަށް ކުޅެމުން އަންނަނީ ވެސް ކުޑަކުދިންގެ މެދުގަ އެވެ. އިސްލާމީ އަގީދާއާ ފުށުއަރާ ކަންކަމާއި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން ގަތަރުގައި މިފަހަކުން ވަނީ އެ ގޭމަށް ނުވަދެވޭހެން ބުލޮކް […]

ކުޑަކުދިންގެ ރައްކާތެރިކަމާއި އިސްލާމީ އަގީދާއާއި ފުށުއަރާތ،ީ ރޯބްލޮކްސް ޤަތަރުން ވެސް ބްލޮކްކޮށްފި
International

ކުޑަކުދިންގެ ރައްކާތެރިކަމާއި އިސްލާމީ އަގީދާއާއި ފުށުއަރާތ،ީ ރޯބްލޮކްސް ޤަތަރުން ވެސް ބްލޮކްކޮށްފި

މަޝްހޫރު ވާރޗުއަލް ވޯލްޑް ޕްލެޓްފޯމް ރޯބްލޮކްސް ޤަތަރުގައި ވެސް ބްލޮކްކޮށްފި އެވެ. ޤަތަރުން ރޯބްލޮކްސް އަށް ނުވަދެވޭގޮތަށް ބުކޮލޮކްކޮށްފައިވަނީ، އިސްލާމީ އަގީދާއާ ފުށުއަރާ ކަންކަމާއި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އެޕް ސްޓޯތަކުން ރޮބްލޮކްސް ޑައުންލޯޑް ކުރެވުނު ނަމަވެސް، އެޕް އޯޕަން ކުރުމުން ދައްކަނީ “ނޯ ނެޓްވޯކް” އެރަރ މެސެޖެއް އަދި ވެބްސައިޓް އިން ވެސް ދައްކަނީ “ދިސް ސައިޓް ކާންޓް ބީ ރީޗްޑް” މެސެޖެއް އަންނަކަމަށް ފާހަގަ ކުރެވޭން ފެށީ އިއްޔެއިން ފެށިގެންނެވެ. ޤަތ...

އުރީދޫގެ 6ވަނަ އުމްރާ ލިބުނު ފަރާތަކަށް އިފާޒު
Business

އުރީދޫގެ 6ވަނަ އުމްރާ ލިބުނު ފަރާތަކަށް އިފާޒު

އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތަރުވަނަ ނަސީބުވެރި ފަރާތަކަށް މުހައްމަދު އިފާޒު ހޮވިފައިވާކަން އިއުލާންކޮށްފިއެވެ. އިފާޒަށް މި ލަކީ ޑްރޯގައި ލިބިފައިވަނީ އުމްރާ ދަތުރެކެވެ. އިފާޒުގެ ފަރާތުން އިނާމާ ހަވާލުވެފައިވަނީ ރައުޝަން އިސްމާއިލްއެވެ. އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބިގެން...

އެޕަލް އާއި ސެމްސަންގ ގަޑިއަށް އީސިމް ޚިދުމަތް: ހަމައެކަނި އުރީދޫ ނެޓްވާކުން
Business

އެޕަލް އާއި ސެމްސަންގ ގަޑިއަށް އީސިމް ޚިދުމަތް: ހަމައެކަނި އުރީދޫ ނެޓްވާކުން

އުރީދޫ މޯލްޑިވްސްއިން އިއުލާންކުރި އާ ހިދުމަތަކާއެކު، އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗް ބޭނުންކުރާ ފަރާތްތަކަށް ފޯނެއް ނެތި ވެސް ކޯލް އަދި މެސެޖްގެ ހިދުމަތް ލިބޭގޮތް މިވަނީ ތަޢާރަފްކޮށްފައެވެ. މި ހިދުމަތަކީ ހަމައެކަނި އުރީދޫ ނެޓްވޯކް މެދުވެރިކޮށް ލިބޭނެ ހިދުމަތެކެވެ. އުރީދޫއިން ތަޢާރަފްކޮށްފައިވާ އީސިމް ހިދުމަތާއެކު، ސްމާޓް ގަޑި ބޭނުންކުރާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ތިބެގެން ވެސް ފޯނުކޮށް، މެސެޖް ކުރުމުގެ އިތުރުން މިއުޒިކް ސްޓްރީމްކޮށް، އެޕްލިކޭޝަންތައް ބޭނުންކުރެވޭނެއެވެ. މިއީ ހާއްސ...

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމަށް އެމްއެމްއޭގެ 15 ސްކޮލަރޝިޕް
Business

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމަށް އެމްއެމްއޭގެ 15 ސްކޮލަރޝިޕް

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާރސް ފެންވަރަށް ކިޔެވުމަށް 15 ފަރާތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސްކޮލަރޝިޕް ދޫކޮށްފިއެވެ. މި ސްކޮލަރޝިޕްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ މިއަދު އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވަރސިޓީގެ އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާ...

އެމްއެމްއޭ ތަމްވީލް ފިންލިޓް ފެސްޓިވަލް 2025 ތަޢާރަފުކޮށްފި
Business

އެމްއެމްއޭ ތަމްވީލް ފިންލިޓް ފެސްޓިވަލް 2025 ތަޢާރަފުކޮށްފި

ފައިނޭންޝަލް ލިޓަރަސީ އަދި އިސްލާމީ ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް “ތަމްވީލް ފިންލިޓް ފެސްޓިވަލް 2025” މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަޢާރަފުކޮށްފިއެވެ. މި ފެސްޓިވަލް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީޢުއެވެ. އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާލީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަކީ މިއަދު ވަރަށް މުހިންމު ކަމެކެވެ. މި ފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނާއި، ޒުވާނުނ...

ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމަށް "ނެޝަނަލް ކިއުއާރް ކޯޑް" އެމްއެމްއޭ އިން ތައާރަފްކުރަނީ
Business

ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމަށް "ނެޝަނަލް ކިއުއާރް ކޯޑް" އެމްއެމްއޭ އިން ތައާރަފްކުރަނީ

ކާޑު ބޭނުންނުކޮށް ފައިސާގެ މުއާމަލާތުތައް ކުރެވޭ ނެޝަނަލް ކިއުއާރް ކޯޑް ސިސްޓަމެއް ތައާރަފުކުރުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރަމުންދާ ކަމަށާއި، މި ޚިދުމަތް އަންނަ އަހަރު ތައާރަފުކުރުމަށް އަމާޒު ހިފާފައިވާކަމަށް ބުނެފި އެވެ. އެމްއެމްއޭގެ އިސް އޮފިޝަލެއް “ތިލަދުން” އަށް މައުލޫމާތު ދެއްވި ގޮތުގައި މި ޚިދުމަތް ފޯރުކޮށްދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ޓްރާންސްފަރކުރެވޭ “ފަވަރަ” ޕޭމަންޓް ސިސްޓަމްގެ ތެރެއިންނެވެ. އިންޑިއާގެ ނެޝަނަލް ކިއުއާރް ކޯޑްް ފަ...

އުރީދޫ މޯލްޑިވްސްއަށް އޭޝިއާ-ޕެސިފިކް ސްޓީވީ އެވޯޑްސްގެ ބްރޯންޒް އެވޯޑް
Business

އުރީދޫ މޯލްޑިވްސްއަށް އޭޝިއާ-ޕެސިފިކް ސްޓީވީ އެވޯޑްސްގެ ބްރޯންޒް އެވޯޑް

މި އަހަރުގެ އޭޝިއާ-ޕެސިފިކް ސްޓީވީ އެވޯޑްސްގައި ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެމްޕްލޯޔަރ އޮފް ދަ އިޔަރގެ ބްރޯންޒް އެވޯޑް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ. އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑަކީ މި ސަރަހައްދުގެ ލީޑިން ބިޒްނަސް އެވޯޑްސް ޕްރޮގްރާމުގެ ގޮތުގައި ވަރަށް ބޮޑަށް ބަލައިގަނެ، އެކި ސިނާއަތްތަކުގައި އިނޮވޭޝަނާއި އެކްސެލެންސްގެ އަގު ވަޒަންކުރާ އެވޯޑެކެވެ. އޭޝިއާ-ޕެސިފިކް ސްޓީވީ އެވޯޑްސްއަކީ މި ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ ވިޔަފާރީގެ އެވޯޑް ޕްރޮގްރާމެވެ. މި އެވޯޑުން އޫރީދޫ މޯލްޑިވްސްއިން މުވ...

އުރީދޫއިން ސަބްމެރިން ކޭބަލް މެދުވެރިވެރިކޮށް ގުޅާލެވުނު ފުރަތަމަ ރިސޯޓަކަށް އިތާފުށި
News

އުރީދޫއިން ސަބްމެރިން ކޭބަލް މެދުވެރިވެރިކޮށް ގުޅާލެވުނު ފުރަތަމަ ރިސޯޓަކަށް އިތާފުށި

އުރީދޫ މޯލްޑިވްސްއިން ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ސަބްމެރިން ކޭބަލަކުން ކާމިޔާބުކަމާއެކު ގުޅާލައިފިއެވެ. މިއީ ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލް ގުޅާލެވުނު ފުރަތަމަ ފަހަރެވެ. މި ސަބްމެރިން ކޭބަލް ވަނީ މާފުށި މެދުވެރިކޮށް، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާ ގުޅާލެވިފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އިތުރު ކެޕޭސިޓީއާއި ރެޒިލިއަންސް އަދި ސްޕީޑާއެކު ކަށަވަރުވެގެންދާނެއެވެ. 2 އޮގަސްޓް 2025 ގައި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތ...

އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ އޮފާތަކެއް ތަޢާރަފުކޮށްފި
Business

އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ އޮފާތަކެއް ތަޢާރަފުކޮށްފި

އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހަރަކާތްތެރިވާތާ 20 އަހަރު ފުރުމުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތަޢާރަފުކޮށްފިއެވެ. މި އޮފާތަކުގެ ތެރޭގައި އުމްރާ އަދި ހައްޖު ދަތުރުތަކާއި، ބޯނަސް ޑޭޓާ އަދި އެހެނިހެން ޚާއްސަ އިނާޔަތްތައް ހިމެނެއެވެ. ލިވް އަންލިމިޓެޑް ކެމްޕެއިން އުރީދޫގެ 20 އަހަރުގެ ފާހަގަކުރުމުގެ ގޮތުން އެޕްރީލް މަހު ފެށި “ލިވް އަންލިމިޓެޑް” ކެމްޕެއިންގެ ދަށުން، 250 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަގެއްގެ ޚިދުމަތެއް ހޯދާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އެއްފަހަރު […...

ދެއްވަދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
Business

ދެއްވަދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު، ހަސަން ރަޝީދެވެ. 103.09 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 60،672 ކިއުބިކ...

އިނގިރޭސިވިލާތުން އެއް މިލިއަން މީހުން އިސްލާމް ދީނަށް ވެއްދުމަށް ބޮޑު ހަރަކާތެއް ފަށައިފި
International

އިނގިރޭސިވިލާތުން އެއް މިލިއަން މީހުން އިސްލާމް ދީނަށް ވެއްދުމަށް ބޮޑު ހަރަކާތެއް ފަށައިފި

2030 ވަނަ އަހަރާ ހަމައަށް އެއް މިލިއަން މީހުން އިނގިރޭސިވިލާތުން އިސްލާމްދީނަށް ވެއްދުމަށް އެ ގައުމުގައި އިސްލާމްދީން ފެތުރުމަށް މަސައްކަތްކުރާ ސަތޭކަ އެތައް ދަޢުވާ ޕްރެކްޓިޝަނަރުން މަސައްކަތް ފަށައިފި އެވެ. މިމަސައްކަތް ފެށީ، އިސްލާމިކް އެޑިޔުކޭޝަން އެންޑް ރިސާރޗް އެކެޑަމީ (އީރާ) އިން އިންތިޒާމްކޮށްގެން ލެސްޓަރގައި ބޭއްވި ފުރަތަމަ ނެޝަނަލް ދަޢުވާ ކޮންވެންޝަންގައެވެ. އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުން ސަތޭކައަށްވުރެ ގިނަ އިސްލާމީ ޖަމްޢިއްޔާތަކުގެ މަންދޫބުން ބައިވެރިވިއެވެ. މި ކޮންވެންޝަންގެ މ...

މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުބީނުގެ ޖަލްސާއެއް ހޯރަފުށީގައި ވެސް ބާއްވަނީ
Thiladhunmathi News

މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުބީނުގެ ޖަލްސާއެއް ހޯރަފުށީގައި ވެސް ބާއްވަނީ

އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދު ކޮށްދެއްވާފައިވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާން އައުކުރެއްވުމަށް ތަޢުބީނުގެ ޖަލްސާއެއް ހއ. ހޯރަފުށީގައި ބާއްވަން ނިންމައިފި އެވެ. ހޯރަފުށީ ކައުންސިލުން ވަނީ، މިޖަލްސާގައި ބައިވެރިވެ ދެއްވުން އެދި ހޯރަފުށީގެ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 20:30 ގައި ހއ. އަތޮޅު މަދަރުސާގެ ހޯލުގައެވެ. ބަހުގެ އެކި ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޑުލު މުޙައްމަދު ވަހީދު އ...

"50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ" މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި
Raajje

"50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ" މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަވެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން އިލްތިމާސްކޮށްފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާގެ ލަފާގައި ވިދާޅުވެފައިވަނީ މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. މި ހާލަތާ ގުޅިގެން އެމްއެންޑީއެފްއިން ވަނީ ކަނޑުމަގު...

ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދޭން ލަންކާ އާއި ރާއްޖެއާ އާއި ދެމެދު އެއްބަސްވުމެއް
Raajje

ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދޭން ލަންކާ އާއި ރާއްޖެއާ އާއި ދެމެދު އެއްބަސްވުމެއް

ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމަށް ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. 2011 ވަނަ އަހަރުން ފެށިގެން ދެ ގައުމުގެ ދެމެދުގައި ސޮއިކުރަން މަސައްކަތް ކުރަމުން އައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލެވެ. އަދި ސްރީލަނ...