އުރީދޫ މޯލްޑިވްސްއިން ބާއްވަމުން އަންނަ ފޯރިގަދަ މަސް ރޭހަށް މުޅިން އައު އުފެއްދުމެއް ތަޢާރަފުކޮށްފިއެވެ.
އެއީ އުރީދޫ އެޕްގައި ކުޅެވޭގޮތަށް ތަޢާރަފުކޮށްފައިވާ މަސް ރޭސް ޑިޖިޓަލް ގޭމެވެ. މި ގޭމް މެދުވެރިކޮށް ރާއްޖޭގެ މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް މުބާރާތުގައި އިތުރު ގޮތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ގޭމް ކުޅެވެން ހުންނާނީ 3 ސެޕްޓެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 އާ ހަމައަށެވެ. ކުޅުންތެރިންނަށް ކޮންމެ ވަގުތެއްގައިވެސް، ކޮންމެ ތަނެއްގައި ހުރެގެންވެސް މި ގޭމް ކުޅެވޭނެއެވެ. އުރީދޫ މަސް ރޭސް 2025 ގައި ވާދަކުރާ ހަގީގީ ޓީމުތަކުގެ ނަންތައް މި އޮންލައިން ވާޝަންގައި ހިމެނިފައިވާއިރު، ކުޅުންތެރިންނަށް އަމިއްލައަށް ޓީމެއް އިޚްތިޔާރުކޮށް، މަސް ހިފުމަށް ޓެޕްކޮށް، ޕޮއިންޓް އެއްކުރެވޭނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ފިޝިން ޓެކްލް ފިހާރަ، ހައި ފިޝިން ޓެކްލްސްއިން މި ގޭމުގެ ވަނަތަކަށް ޕްރިމިއަމް ފިޝިން ގިއަރ އިނާމުގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އެގޮތުން އެއްވަނައަށް ޑައިވާ ސަލްޓިގާ 2025 ރީލް އަދި ދެވަނަ އާއި ތިންވަނައަށް ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާ (އެޗް/ޑީ) ރޮޑްސް ހަދިޔާކުރާނެއެވެ.
ހައި ފިޝިން ޓެކްލްސްއަކީ ރާއްޖޭގައި މަސްވެރިކަމުގެ އާލާތްތައް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާއިރު، މި ކުންފުނިން ޑައިވާ، ޕެން، އަބޫ ގާސިއާ، ޔޯ-ޒޫރީ، ޒެނަކް، ޖިގިން މާސްޓާ، އޮކުމާ އަދި ޕަޔޯނިއާ ފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ ބްރޭންޑްތަކުގެ އުފެއްދުންތައް ފޯރުކޮށްދެއެވެ. އަދި މީގެ އިތުރުން ކުންފުނީގެ އަމިއްލަ ބްރޭންޑް ކަމަށްވާ ރަންކަރުވެސް ދިވެހި މަސްވެރިންގެ މެދުގައި އިތުބާރު ކުރެވޭ ޗޮއިސްއެއްގެ ގޮތުގައި މަޝްހޫރުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!