ށ. މާއުނގޫދޫގައި ލޭ ހަދިޔާ ކުރުމުގެ ފައިދާތަކާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ކަނބަލުން ހޭލުންތެރި ކުރުމުގެ ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަނަކީ މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ ކޮމެޓީ) އާއި އެ ރަށު ޞިއްޙީމަރުކަޒާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

Ad
rt

ބުރާސްފަތި ދުވަހުގެ ރޭ މާއުނގޫދޫ ކައުންސިލް އިދާރާގައި ބޭއްވި މި ސެޝަންގައި އެރަށުގެ ގިނަ އަދަދެއްގެ އަންހެން ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ލޭ ހަދިޔާކުރުމަކީ، އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރެވޭނެ އެންމެ މާތް ޞަދަޤާތެވެ.

މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މިހާރު އަންނަނީ މިިމަހުގެ 29 ގައި ކަސްރަތު ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންނެވެ. މި ޕްރޮގްރާމަކީ އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު 27 އޯގަސްޓާއި ހަމައަށް ވަނީ ދީފައެވެ.