ކުޅުދުއްފުށީގައި ''ޕޮޒިޓިވް ޕޭރެންޓިން ސެޝަން'' އެއް، ބައިވެރިވާން ހުޅުވާލައިފި
ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގުޅިގެން ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ބޭއްވުމަށް ހަމަޖެހިފައިވާ “ޕޮޒިޓިވް ޕޭރެންޓިން ސެޝަން” ގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ( ކޭ.އާރް.އެޗް ) އިން ހުޅުވާލައިފިއެވެ. ޕޮޒިޓިވް ޕޭރެންޓިން ސެޝަންގައި ބައިވެރިވުމަށް ނަންނޯޓު ކުރުމަށް އެ ހޮސްޕިޓަލުގެ ނަމްބަރު 6528864 އަށް މިއަދުގެ 15:00 އިން ފެށިގެން ގުޅުއްވާ ނުވަތަ އެ ހޮސްޕިޓަލްގެ ވެބްސައިޓް www.krh.gov.mv ގެ ޕޭޝަންޓް ޕޯރޓ...