އުރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެ ކުންފުނިން "މާސްޓަރކާޑު ގިވްއަވޭ" ޕްރޮމޯޝަން އިފްތިތާޙުކޮށް، ދެ ކަސްޓަމަރަކަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓު ކާމިޔާބުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ ސުޕަރއެޕް މެދުވެރިކޮށް 400 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދަކުން މާސްޓަރކާޑު ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތްކުރާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. މި ޝަރުޠު ހަމަވާ ކޮންމެ މުޢާމަލާތަކާއެކު ޤުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ވެސް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

Ad
d

ޤުރުޢަތުގައި ބައިވެރިވުމަށް ފުރުޞަތު ލިބޭ މިންވަރު:

  • އުރީދޫ އެޕް މެދުވެރިކޮށް މަދުވެގެން 400 ރުފިޔާގެ އެއް މުޢާމަލާތް މާސްޓަރކާޑުން ކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވުމުގެ އެއް ފުރުޞަތު ލިބޭނެ
  • ސޭވްކޮށްފައިވާ މާސްޓަރކާޑެއް ބޭނުންކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ދެ ފުރުޞަތު ލިބޭނެ.
  • މާސްޓަރކާޑު ބޭނުންކޮށްގެން އޮޓޯޕޭ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް، ޝަރުޠު ހަމަވާ ކޮންމެ މުޢާމަލާތަކަށް ފަސް ފުރުޞަތު ލިބޭނެ.

މީގެ އިތުރުން ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ޝަރުޠު ހަމަވާ ގިނަ މުޢާމަލާތްތަކެއް ކޮށްގެން ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތުތައް އިތުރުކުރެވޭނެ ކަމަށާއި، ޓޫރިސްޓް އަދި މޮބައިލް ބްރޯޑްބޭންޑް ޕްލޭންތައް މި ޕްރޮމޯޝަނުގައި ނުހިމެނޭނެކަމުގައި އުރީދޫންވަނީ މަޢުލޫމާތު ދީފައެވެ.

1 އޮގަސްޓުން 30 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މުއްދަތު ނިމުމުން، ޝަރުޠު ހަމަވާ ކަސްޓަމަރުންގެ މެދުގައި އުރީދޫއިން ނަގާ ޤުރުއަތުން ހޮވޭ އެއް ފަރާތަކަށް ދެ މީހުންނަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓު ލިބޭނެކަމަށް އުރީދޫން ބުނެފައިވެއެވެ.

މި ޕްރޮމޯޝަނާ ގުޅިގެން އުރީދޫން ބުނީ، ޤުރުއަތު ނަގާ ވަގުތު، ކަސްޓަމަރަކީ ޚިދުމަތް މެދުކެނޑިފައިނުވާ އަދި ދައްކަންޖެހޭ ފައިސާއެއް ނުދައްކައި ނެތް ކަސްޓަމަރަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން އެއްފަހަރު ކުރާ މުޢާމަލާތެއް ކަމުގައި ވިޔަސް، ސޭވްކޮށްފައިވާ ކާޑަކުން ކުރާ މުޢާމަލާތެއް ކަމުގައި ވިޔަސް ނުވަތަ އޮޓޯޕޭ މެދުވެރިކޮށް ކުރާ މުޢާމަލާތެއް ކަމުގައި ވިޔަސް، މާސްޓަރކާޑުން ކުރާ ޝަރުޠު ހަމަވާ ކޮންމެ މުޢާމަލާތަކީ މެލޭޝިޔާ ދަތުރާ ގާތަށް އެޅޭ ފިޔަވަޅެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ އެޕްގައި ތަޢާރަފް ކޮއްފައިވާ " އޮޓޯ ޕޭމަންޓްސް " ނުވަތަ " އޮޓޯ ޕޭ " ގެ ސަބަބުން ކާޑުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށް، ބޭނުންވާ ތާރީޚެއްގައި އޮޓޯއިން ފައިސާ ދެއްކޭގޮތް ހަމަޖައްސާފައިވާކަމަށް އުރީދޫއިން ބުނެއެވެ. އަދި އަމިއްލައަށް ހަނދާންކޮށްގެން ފައިސާ ދެއްކުމުގެ ބަދަލުގައި، އޮޓޯޕޭ ސެޓްއަޕް ކުރުމުން ޝަރުޠު ހަމަވާ މުޢާމަލާތްތައް އޮޓޯއިން ކުރިއަށްދާނެ ފަސޭހަ ގޮތް މިހާރު ވަނީ އެ ކުންފުނިން ތަޢާރަފް ކޮއްފައެވެ. މީގެ އިތުރުން އުރީދޫ ޚިދުމަތްތަކާ ގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އޭއައި ޑިޖިޓަލް އެސިސްޓެންޓް "އެވީ" މެދުވެރިކޮށް މަޢުލޫމާތާއި އެހީތެރިކަން ހޯދޭނެކަމަށް ވެސް އެ ކުންފުނިން ވަނީ މަޢުލޫމާތު ދީފައެވެ.

Ad
df