އިޒްރޭލުން ހިންގާ ގަތުލުއާންމާ ދެކޮޅުހެދުމަށް ސްޕެއިނުން ޔޫރޯވިޜަން ބޮއިކޮޓްކޮށްފި
އިޒްރޭލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމައާއި ގަތުލުއާންމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން، މިއަހަރު ބާއްވާ ޔޫރޯވިޜަން ލަވަ މުބާރާތް ބޮއިކޮޓް ކުރުމަށް ސްޕެއިން އިން ނިންމައިފިއެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހުކުރު ދުވަހު ވިދާޅުވީ، މި ނިންމުމާއެކު ސްޕެއިން އޮތީ “ތާރީޚުގެ ރަނގަޅު ފަރާތުގައި” ކަމަށެވެ. އޮސްޓްރިއާގެ ވިއެންނާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލްގެ ކުރިން، އެކްސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ސަންޗޭޒް ވިދާޅުވީ، ޣައިރު ގާނޫނީ ހަނގުރ...