ޣައްޒާ ގަތުލުއާންމާއި ގުޅޭ ޑޮކިއުމެންޓްރީ އަށް ބާފްޓާ އެވޯޑް، ބީބީސީއަށް ބޮޑު ފާޑުކިޔުމެއް
ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީ ސިފައިން ހިންގަމުންދާ ލޭއޮހޮރުވުމުގެ ތެރޭ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ދެމުންދާ ހަމަލާތައް ތިލަކޮށްދޭ ޑޮކިއުމެންޓްރީ “ޣައްޒާ: ޑޮކްޓާޒް އަންޑާ އެޓޭކް” ވަނީ ބާފްޓާ ޓީވީ އެވޯޑްސްގެ ކަރަންޓް އެފެއާޒް ކެޓަގަރީ ކާމިޔާބުކޮށްފިއެވެ. ހޮނިހިރު ދުވަހު ލަންޑަންގެ ރޯޔަލް ފެސްޓިވަލް ހޯލްގައި ބޭއްވި ހަފްލާގައި ފިލްމަށް ލިބުނު ކާމިޔާބީ ފާހަގަކުރި ނަމަވެސް، ފިލްމު ހަދައިދިން ފަރާތްތަކުން ވަނީ ހަފްލާ ތެރޭ ހަރުކަށިކަމާ އެކު ބީބީސީ ކުށްވެރިކޮށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަ...