Raajje
އާ އަހަރުގެ ބަންދުގައި ބޮޑު ބަޔަކަށް ގަދަ ވިއްސާރަ
އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެކަމަށް ލަފާކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެއެވެ. މިގޮތުން ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، އަަދި ބައެއް އަތޮޅުތަކުގެ ރަށްތަކަށް އުދައެރުމުގ...