ޣައްޒާގެ އިމާރާތްތަކުގެ ދަށުން ފެނުނު 112 މީހެއްގެ ޖަނާޒާ ބާއްވައިފި
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ފެނުނު 112 މީހެއްގެ ކަށުނަމާދާއި ޖަނާޒާ އަންގާރަ ދުވަހު ބާއްވައިފިއެވެ. މި ޖަނާޒާ ބާއްވާފައިވަނީ ގައްޒާ ސިޓީގެ ސަބްރާ އަވަށުގައެވެ. ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ ދިދަ އޮޅާފައިވާ މި ހަށިތައް ބާއްވާފައިވަނީ އެމީހުން ޝަހީދުވި އިމާރާތްތަކުގެ ކައިރީގައެވެ. މި ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، މިއީ ފަލަސްތީނުގެ ތާރީޚުގައިވެސް އެއްފަހަރާ އެނ...