ހޮރްމޫޒް ކަނޑުއޮޅީގެ އެއްބަސްވުމަކާ ގާތަށް ވަނީ އާދެވިފައި، އެކަމަކު އެކަން ބިނާވެފައިވަނީ ޝަރުތުތަކެއްގެ މައްޗަށް: އީރާން
ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން އޮމާނާއެކު އެއްބަސްވުމަކާ ގާތަށް އާދެވިފައިވާ ކަމަށް އީރާނުން ހޮނިހިރު ދުވަހު ބުނެފިއެވެ. ނަމަވެސް، އެ އެއްބަސްވުމަކީ އެކަނި އެ ސަރަހައްދުގެ ދަތުރުފަތުރު ހުޅުވައިލުމަށް ފުދޭވަރުގެ ކަމެއް ނޫން ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް އާ ޝިޕިންގ ރޫޓެއް ކަނޑައެޅުމަށް އޮމާނާއެކު ވެވޭ އެއްބަސްވުމާ ވަރަށް ގާތަށް އާދެވިފައިވާ ކަމަށެވެ. ނަމަވެސް، ކަނޑުއޮޅި އަލުން ހުޅުވައިލުނ...