ޣައްޒާގެ ހޮސްޕިޓަލަކަށް ތެޔޮ ނުލިބި 11 ކުޑަކުދިން މަރުވުމުގެ ނުރައްކަލުގައި
ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމާލް އަދްވާން ހޮސްޕިޓަލަށް ތެޔޮ ނުލިބި، އެތަނުގައި ފަރުވާ ދެމުންދާ 11 ކުޑަކުދިން މަރުވުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވެއްޖެއެވެ. ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުޝާމް އަބޫ ސާފިޔާ އަލްޖަޒީރާއަށް ދެއްވި މަޢުލޫމާތުގައި، ތެލުގެ ދަތިކަމުގެ ސަބަބުން ނާސަރީ އާއި އިންޓެންސިވް ކެއާ ޔުނިޓްތަކުގައި ފަރުވާ ދެމުންދާ 11 ކުއްޖަކު ގަޑިއިރެއްގެ ތެރޭގައި މަރުވުމުގެ ބިރު އޮތް ކަމަށް ވިދާޅުވިއެވެ. އަދި މި ހާލަތުގައި ހ...