ތައިލެންޑްގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ކުރީގެ ބޮޑުވަޒީރުގެ ދަރިކަނބަލުން އިންތިޚާބުވެއްޖެއެވެ.
ބިލިއަނަރު، ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވާޓްރާގެ ދަރިކަނބަލުން ޕެއެޓޯންގްޓާން ޝިނަވާޓްރާ ވަނީ ތައިލެންޑުގެ އެންމެ ޅަ އުމުރުގެ ބޮޑުވަޒީރަކަށް ވެފައިވާއިރު، އޭނާ މި މަޤާމާ ހަވާލުވެފައިވަނީ އޭނާގެ ބައްޕާފުޅު ކުރީގެ ބޮޑުވަޒީރު ކޯޓު ހުކުމަކުން މަޤާމުން ވަކިކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.
ޕެއެޓޯންގްޓާން ބޮޑުވަޒީރުކަމަށް އައްޔަން ކުރަން ފާސްކުރެވުނީ ސްރެތާ ތަވިސިން ބޮޑުވަޒީރުކަމުން ވަކިކުރުމަށް ކޯޓުން ނިންމުމާ ގުޅިގެން 24 ގަޑިއިރުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކަކަށް ފަހު ބޭއްވުނު ޕާލިމެންޓް ވޯޓަކުންނެވެ. ސްރެތާ މަޤާމުން ވަކިކުރެވުނީ ޖަލު ޙުކުމެއް ތަންފީޒުކޮށްފައިވާ މީހަކު މިނިސްޓަރަކަށް އައްޔަންކުރުމުން އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. މި ނިންމުމަކީ ސިޔާސީ ނިންމުމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
37 އަހަރުގެ ޕެއެޓޯންގްޓާންއަކީ ތައިލެންޑުގެ އެންމެ ހަގު ބޮޑުވަޒީރަށްވާއިރު، އޭނާއަކީ އޭނާގެ ބޮޑުދައިތާ ޔިންގްލަކް ޝިނަވާޓްރާއަށް ފަހު ޤައުމުގެ ވެރިކަމާ ހަވާލުވާ ދެވަނަ އަންހެން ވެރިޔާއެވެ.
ޕާލިމެންޓްގައި ބޭއްވުނު ވޯޓަށް ފަހު ވާހަކަދައްކަމުން ޕެއެޓޯންގްޓާން ބުނީ އޭނާގެ ބައްޕާފުޅު ސްރެތާ މަޤާމުން ވަކިކުރުމަށް ކޯޓުން ނިންމި ނިންމުމާ މެދު އޭނާ ހައިރާންވެ ހިތާމަކުރާ ކަމަށެވެ. އަދި "ޤައުމު ކުރިއަށް ގެންދިއުމަށް އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތްކުރާނެ ކަމަށް އުންމީދުކުރަން" ކަމަށް އޭނާ ބުންޏެވެ.
ސަރުކާރުގައި އެއްވެސް މަޤާމެއް އަދާކޮށްފައިނުވާ ޕެއެޓޯންގްޓާންއަކީ ތަކްސިންގެ ތިން ދަރިންގެ ތެރެއިން އެންމެ ހަގު ދަރިކަނބަލުންނެވެ. އަދި ޝިނަވާޓްރާ ޢާއިލާގެ ތެރެއިން ބޮޑުވަޒީރުކަމާ ހަވާލުވި ހަތަރުވަނަ މެންބަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!