އިސްރާއީލުގެ ހަމަލާތަކުގައި ލުބްނާނުން މަރުވި މީހުންގެ އަދަދު 356 އަށް އަރައިފި
އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ލެބުނާނުން މަރުވި މީހުންގެ އަދަދު 356 އަށް އަރައިފިއެވެ. ލުބުނާންގެ ސިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އިސްރާއީލުން މިއަދު ދިން ހަމަލާތަކުގައި މަދުވެގެން 356 މީހުން މަރުވެ، 1,200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. މިއީ 2006 ވަނަ އަހަރުން ފެށިގެން އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު ދުވަހެވެ. އިސްރާއީލުން ބުނެފައިވަނީ ހިޒްބުﷲއާ ދެކޮޅަށް ދޭ ހަމަލާތައް “ފުޅާކުރަމުން” ދާ ކަމަށެވެ. މިގޮތުން، ދެކުނު ލުބުނާންގެ ރައްޔިތުންނަށް ފ...