ބެންގަލޫރުގައި އަންހެނެއްގެ ހަށިގަނޑުގެ ބައިތައް ކޮށާފައި ފްރިޖްކޮށްފައި ހުއްޓާފެނިއްޖެއެވެ.

ބެންގަލޫރުގެ މުނެސްވަރްނަގަރު ސަރަހައްދުގައި ހިނގި މިހާދިސަގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވައެވެ. މިކަން ހާމަވުމާ ގުޅިގެން، ބެންގަލޫރު ސެންޓްރަލް ޑިވިޝަންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ޑީސީޕީ) ޝެކަރުގެ ބެލުމުގެ ދަށުން 6 ޚާއްޞަ ޕޮލިސް ޓީމެއް އެކުލަވާލާ، ތަޙުޤީޤު ފަށައިފި ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

Ad
rt

މި މައްސަލައިގެ ތަޙުޤީޤުގައި، ހާދިސާ ހިނގި ސަރަހައްދުގެ 100 އަށްވުރެ ގިނަ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. މަރުވެފައިވާ މީހާއަކީ 29 އަހަރުގެ މަހާލަކްޝްމީ ނަކަމަށް ކިޔާ މީހަކު ކަމަށް ދެނެގަނެވިފައިވާއިރު، އޭނާގެ ފޯނު ސެޕްޓެމްބަރު 2 ވަނަ ދުވަހު ކަނޑާލާފައިވާކަން ފާހަގަކުރެވިފައިވެއެވެ. އަދި އޭނާއާ އެންމެ ފަހުން ގުޅުން ބޭއްވި ފަރާތުގެ މަޢުލޫމާތު އެއްކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އާދީއްތަ ދުވަހު ބޯރިންގ ހޮސްޕިޓަލުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، މަރުވި މީހާގެ ހަށިގަނޑު ޢާއިލާއާ ހަވާލުކޮށްފައިވެއެވެ. ނަމަވެސް، މަރުވިތާ ގިނަ ދުވަސްތަކެއް ވެފައިވުމާއި ހަށިގަނޑު ހަލާކުވެފައި އޮތުމުން، ޕޯސްޓްމޯޓަމް ހެދުމުގައި ޑޮކްޓަރުންނަށް ގޮންޖެހުން ތަކެއް ކުރިމަވިމަކަށް ބުނެވެއެވެ.

ފުލުހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މަރުވި އަންހެންމީހާއަކީ ކައިވެނިކޮށްގެން އުޅުނު މީހެއް ކަމަށްވާއިރު، އަމިއްލަ ސަބަބުތަކަކަށްޓަކައި ފިރިމީހާއާއި ދަރިފުޅު ދޫކޮށް، ފާއިތުވި 5 މަސް ދުވަހު މުނެސްވަރްނަގަރުގައި ކުއްޔަށް ހިފާފައިވާ ގެއެއްގައި އެކަހެރިކޮށް ދިރިއުޅެމުން ދިޔަކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގެ ތަޙުޤީޤު ހަލުވިކަމާއެކު ކުރިއަށްދާއިރު، މިފަދަ ނުރައްކާތެރި ކުށްތަކުގެ ޝިކާރައަކަށްވާ މީހުންނަށް އަވަސް އިންސާފު ހޯދައިދިނުމަށް ފުލުހުން މަސައްކަތްކުރަމުންދާކަން އިންޑިއާގެ ބައެއް ނޫސްތަކުން ފާހަގަކުރެވެއެވެ.