އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ ޚާމެނީ ރައްކާތެރި ތަނަކަށް ގެންގޮސްފި
އީރާނުގެ އެންމެ މަތީ ވެރިޔާ ކަމުގައިވާ އާޔަތުﷲ އަލީ ޚާމެނީ ވަނީ އެ ޤައުމުގެ ރައްކާތެރި ތަނަކަށް ގެންގޮސްފައިކަމަށް ރޮއިޓަރސް އިން ރިޕޯޓްކޮށްފިއެވެ. މިއީ އިސްރާއީލުން ލުބުނާނުގެ ބޭރޫތަށް ދިން ހަމަލާއެއްގައި އީރާނުގެ އެހީތެރިކަން ލިބޭ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ކުރި ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ އެންމެ އިސް ނިންމުންތައް ނިންމާ ފަރާތްތައް ރައްކާތެރިކުރުމަށް މިފަދަ ފިޔަވަޅެއް އެޅުމަކީ ހިޒްބުﷲއަށް އިސްރާއީލުން ދޭ ނުރައްކާތެރި ހަމަލާތަކާ ގުޅިގެން އީ...