އިސްރާއީލުން ލުބުނާނުގެ ދެކުނަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ރޭ ދީފިއެވެ. މި ހަމަލާތައް ދިނީ ހިޒްބުއްލާގެ އިސްވެރިޔާ، ހަސަން ނަސްރުﷲ، މިދިޔަ ހަފުތާގައި ލެބަނޯނުގައި ހިނގި ގޮވުންތަކުގެ ހާދިސާތައް ކުށްވެރިކުރި ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ނަސްރުﷲ ޓީވީ މެދުވެރިކޮށް ދެއްކި ވާހަކައިގެ ކުޑައިރުކޮޅެއް ކުރިން، އިސްރާއީލުން އައު ހަމަލާތަކެއް ދިން ކަމަށް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ބެއިރޫތުގައި ހުރި ނޫސްވެރިޔަކު ބުނާ ގޮތުގައި އިސްރާއީލުގެ ހަނގުރާމަ ވެރި މަތިންދާބޯޓުތަކުގެ އަޑު ވެރިރަށުން އިވިފައިވެއެވެ.

Ad
rt

ލެބުނާނުގައި މި ހަފުތާގައި ހިނގި ގޮވުންތަކުގެ ހަމަލާތަކުގައި މަދުވެގެން 37 މީހުން މަރުވެފައިވާއިރު، މި ހަމަލާތަކަކީ "ހުރިހާ ހައްދުތަކަކާއި، ޤަވާއިދުތަކަކާއި، ރަތް ރޮނގުތަކެއް ފަހަނައަޅާފައިވާ" ހަމަލާތަކެއް ކަމަށް ނަސްރުﷲ ވަނީ ބުނެފައެވެ.

މި ހަމަލާތަކުގައި، އަންގާރަ ދުވަހު ހާހުން ގުނާލެވޭ މިންވަރަށް ޕޭޖަރުތަކެއް ގޮއްވާލެވުނެވެ. އަދި ބުދަ ދުވަހު ވޯކީޓޯކީތަކެއް ގޮއްވާލެވުނެވެ. މި ދެ ހާދިސާގައި ޖުމްލަ 2،600 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ.

އެކި ފަރާތްތަކުން ބުނާ ގޮތުގައި މި ހަމަލާތަކަކީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން ހިޒްބުﷲއަށް އަމާޒުކޮށްގެން ދިން ހަމަލާތަކެކެވެ. އިސްރާއީލުން މިކަމާ މެދު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ބުދަ ދުވަހު އިސްރާއީލުގެ ދިފާއީ ވަޒީރު، ޔޯވް ގަލަންޓް، ވަނީ "ހަނގުރާމައިގެ އައު މަރުހަލާއެއް" ފެށުނު ކަމަށް އިއުލާނުކޮށްފައެވެ.