އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ލެބުނާނުން މަރުވި މީހުންގެ އަދަދު 356 އަށް އަރައިފިއެވެ.

ލުބުނާންގެ ސިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އިސްރާއީލުން މިއަދު ދިން ހަމަލާތަކުގައި މަދުވެގެން 356 މީހުން މަރުވެ، 1,200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. މިއީ 2006 ވަނަ އަހަރުން ފެށިގެން އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު ދުވަހެވެ.

Ad
rt

އިސްރާއީލުން ބުނެފައިވަނީ ހިޒްބުﷲއާ ދެކޮޅަށް ދޭ ހަމަލާތައް "ފުޅާކުރަމުން" ދާ ކަމަށެވެ. މިގޮތުން، ދެކުނު ލުބުނާންގެ ރައްޔިތުންނަށް ފޯނު މެސެޖުތަކެއް ފޮނުވައި، އީރާނުގެ އެހީގައި ހިންގާ ހިޒްބުﷲއިން ބޭނުންކުރާ ތަންތަނުން ނުކުމެގެން ދިއުމަށް އިންޒާރު ދީފައިވެއެވެ.

ލުބުނާންގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ އިސްރާއީލުގެ ޢަމަލުތަކަކީ "ނަސްލު ނައްތާލުމުގެ ހަނގުރާމައެއް" ކަމަށެވެ. އެހެންނަމަވެސް، އިސްރާއީލުގެ ދިފާޢީ ވަޒީރު ބުނެފައިވަނީ އެމީހުންގެ ޓާގެތަށް ވާޞިލު ވެވެންދެން ލުބުނާނަށް ހަމަލާތައް ދެމުން ގެންދާނެ ކަމަށެވެ. އެއީ އުތުރުގެ ރައްޔިތުން ރައްކާތެރިކަމާއެކު އެމީހުންގެ ގެތަކަށް އަނބުރާ ގެނެވެންދެން ކަމަށް އޭނާ ބުނެފައިވެއެވެ.

މެދުއިރުމަތީގައި ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން ފާއިތުވި ހަފުތާގައި އިތުރުވެފައިވެއެވެ. މިއީ ހިޒްބުﷲގެ މެންބަރުންނަށް ދެވުނު ކަމަށް ބެލެވޭ، އަދި އިސްރާއީލުގެ އަމަލެއްގެ ގޮތުގައި ފާޅުގައި ތުހުމަތުކުރެވުނު، ގޮވާ ތަކެތީގެ ހަމަލާތަކަކާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ދެވުނު ހަމަލާތައް އިތުރުވުމާ ގުޅިގެންނެވެ.

މި ހާދިސާތަކާ ގުޅިގެން، ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ދެފަރާތުން ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މި ހަނގުރާމަ އިތުރަށް ފުޅާވެގެން ގޮސް، މުޅި ސަރަޙައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ.