ޗައިނާގެ ސްމާޓްފޯން މާކެޓްގައި އެޕަލްގެ އައިފޯން ވިއްކުން 2024 ވަނަ އަހަރު 17 އިންސައްތަ ދަށަށް ގޮސް، މާކެޓް ލީޑަރގެ މަޤާމު ގެއްލުވާލައިފިއެވެ.
ކެނަލިސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ޗައިނާގެ ވިވޯ އަދި ވާވެއި ކުންފުނިތަކުން އެޕަލް އަށްވުރެ މަތީ މަޤާމުތަކެއް ހޯދާފައިވެއެވެ.
2024 ވަނަ އަހަރު އެންމެ މަތީ މާކެޓް ޝެއަރ ހޯދީ ވިވޯ އިން 17 އިންސައްތައާއެކުއެވެ. ދެވަނައަށް ވާވެއި 16 އިންސައްތައާއެކު އަދި ތިންވަނައަށް އެޕަލް 15 އިންސައްތައާއެކު ހިމެނުނެވެ.
ޚާއްޞަކޮށް 2024 ގެ ފަހު ކުއާޓަރގައި އެޕަލްގެ ވިއްކުން 25 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. މިއީ ޗައިނާގައި އެޕަލްއަށް ކުރިމަތިވި އެންމެ ބޮޑު ދަށްވުމެވެ. ކެނަލިސްގެ އެނަލިސްޓް ޓޮބީ ބުނާގޮތުގައި، އެޕަލްގެ ޕްރީމިއަމް މާކެޓް ޕޮޒިޝަނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.
މި ހާލަތާ ގުޅިގެން އެޕަލްއިން ވަނީ ޗައިނާގައި އައިފޯން 16 ސީރީޒްގެ އަގުތައް ޑިސްކައުންޓް ކުރަން ފަށާފައެވެ. ޖެނުއަރީ 4 އިން 7 އަށް ކުރިއަށްދިޔަ ޕްރޮމޯޝަންގައި 500 ޔުއާން (ގާތްގަނޑަކަށް 68 ޑޮލަރު) ގެ ޑިސްކައުންޓް ދީފައިވެއެވެ.
2024 ގައި ޗައިނާގެ ޖުމްލަ ސްމާޓްފޯން ޝިޕްމަންޓްތައް ވަނީ 4 އިންސައްތަ އިތުރުވެ، 285 މިލިއަން ޔުނިޓަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!