ބޯޑިންގ ޕާސް އޮންލައިންކޮށް ޝެއަރ ކުރުމުގެ ނުރައްކާތެރިކަން
އެތައް ބަޔަކު ދަތުރަށް ފުރުމުގެ ކުރިން، އެމީހުންގެ ބޯޑިންގ ޕާސް ސޯޝަލް މީޑިއާގައި ޝެއަރ ކުރުމަކީ މިހާރު އާންމު ކަމަކަށްވެފައިވެއެވެ. އެހެންނަމަވެސް، މިފަދަ ޝެއަރ ކުރުންތަކަކީ، މީހުންގެ އަމިއްލަ މައުލޫމާތުތައް ހާމަވެ، ގިނަގުނަ ނުރައްކާތެރިކަން ކުރިމަތިވެދާނެ ކަމެކެވެ. ބޯޑިންގ ޕާސްގައި ހިމެނޭ މައުލޫމާތަކީ ހަމައެކަނި އެއަރޕޯޓް މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތު ކަމަށް ގިނަ ބަޔަކު ދުށް ނަމަވެސް، މިއީ ނުބައި ނިޔަތުގައި މީހަކަށް ބޭނުންކުރެވިދާނެ މައުލޫމާތެވެ. ޕީއެންއާރް (PNR) އަކީ ކޮބާ؟ ޕެސެންޖަރ ނޭ...